ކ. ހިންމަފުށީ ފުޓްބޯޅަ ދަނޑުގައި ފެންސާއި ލައިޓް ހަރުކުރުމުގެ އަމަލީ މަސައްކަތް ފަށަން އެ މަސައްކަތުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ތައްޔާރުވެއްޖެއެވެ.

އެމްޓީސީސީން މިއަދު ބުނީ ހިންމަފުށީގައި ހަދަން ނިންމާފައިވާ ފުޓްބޯޅަ ދަނޑު މަޝްރޫއުގެ ދަށުން 100،000 އަކަފޫޓުގެ ދަނޑުގެ ސަރަހައްދުގައި ވަށާފާރު ރޭނުމާއި ވަށާ ފެންސު ޖެހުމާއި އަދި ލައިޓިން ސިސްޓަމެއް ހަރުކުރުމުގެ މަސައްކަތް ކުރަން ނިންމާފައިވާ ކަމަށެވެ.

އެމަސައްކަތް ނިމުމުން 1310 މީހުންގެ އާބާދިއެއްް ދިރިއުޅޭ ހިންމަފުށީގެ ރައްޔިތުންނަށް ހާއްސަކޮށް ޒުވާނުންނަށް އިޖުތިމާއީ ގޮތުން ގިނަގުނަ މަންފާތަކަކާއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެކުންފުނިން ގަބޫލުކުރާ ކަމަށެވެ.