ގަވައިދާ ހިލާފަށް ހައްޖުވާން އުޅުނު 200،000 މީހުން ހުއްޓުވައިފިއެވެ.
ކޮންމެ އަހަރެއްގެ ވެސް ހައްޖު މޫސުމާ ދިމާކޮށް، ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް މިލިއަން މީހުން ނުގަވައިދުން މައްކާއަށް އެތެރެވާން މަސައްކަތް ކުރެއެވެ. ސައުދީން ކޮންމެ އަހަރަކުވެސް މިކަން ހުއްޓުވުމަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅައެވެ.
ސައުދީގެ އޮފިޝަލުން އިއްޔެ އާންމު ކުރި މައުލޫމާތުތަކުން އެނގޭ ގޮތުގައި، އެ ގައުމަށް ނުގަވިއިދުން އެތެރެވުމަށް މަސައްކަތް ކުރި މީހުންގެ ތެރެއިން މިހާތަނަށް ހުއްޓުވި މީހުން އަދަދު ވަނީ 269،000 އަށް އަރައިފައެވެ.
ސައުދީން ހުއްޓުވި މީހުންގެ ތެރޭ ގިނައިން ހިމެނެނީ އެއްވެސް ކަހަލަ ހުއްދައެއްް ނެތި އެތެރެވާން މަސައްކަތް ކުރި މީހުން ކަމަށް ވެސް ސައުދީން ބުނެއެވެ.
ސައުދީގެ ހައްޖާ ބެހޭ އޮފިޝަލުން ބުނެފައިވާ ގޮތުގައި، ހައްޖުގެ އަޅުކަމުގައި މީހުން ގިނަވެ ބާރު ބޮޑުވެގެން ދިއުމުގެ އެއް ސަބަބަކީ ނުގަވައިދުން އެތެރެވާ މީހުނެވެ.
ސައުދީން މި އަހަރު ވަނީ ގަވައިދާ ހިލާފަށް އެ ގައުމަށް އެތެރެވާ މީހުން 5000 އެމެރިކާ ޑޮލަރުން ޖޫރިމަނާ ކުރާނެ ކަމުގެ އިންޒާރުވެސް ދީފައެވެ.
މިއަހަރުގެ ހައްޖު މޫސުމަށް މިހާތަނަށް 1.4 މިލިއަނަށްވުރެ ގިނަ މީހުން ސައުދީއަށް އެތެރެވެފައިވާ ކަމަށާއި ކުރިޔަށް އޮތް ދުވަސްތަކުގައި ވެސް ގިނަ އަދަދެއްގެ މީހުން އެތެރެވާނެ ކަމަށް ސައުދީގެ އޮފިޝަލުން ބުނެއެވެ.
މުހައްމަދު އައުޒަމް
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު