ޓެކްނިކަލް މައްސަލައެއް ދިމާވެ މުޅި މާލެ އާއި ހުޅުމާލެއިން ކަރަންޓު ކެނޑިކުމާއެކު މާލެ ސަރަހައްދުގެ ސްކޫލްތަކުގެ ކިޔެވުން މިއަދަށް ބަންދު ކޮށްފިއެވެ.
މިއަދު މެންދުރު 12:30 ހާއިރު މާލޭންނާއި ހުޅުމާލޭން ކަރަންޓް ކެނޑިފައިވާ އިރު، އެކަމާ ގުޅޭގޮތުން ސްޓެލްކޯގެ އޮފިޝަލަކު މިއަދު "ވަން"އަށް ބުނީ މިހާރު އައިޖީއެމްއެޗަށް ކަރަންޓު ދީފައިވާ ކަމަށެވެ. އަދި އެހެން ސަރަހައްދުތަކަށްވެސް ވީ އެންމެ އަވަހަކަށް ކަރަންޓުގެ ހިދުމަތް އަލުން ފޯރުކޮށްދޭން މަސައްކަތް ކުރަމުން އަންނަ ކަމަށް ބުންޏެވެ.
ކަރަންޓް ކެނޑި، ކަރަންޓް އަލުން އަންނާނެ ވަގުތެއް ޔަގީންކޮށް ނޭނގޭތީ ގިނަ ސްކޫލްތަކަކުން ކިޔެވުން މެދުކަނޑާލައި ދަރިވަރުން ގެޔަށްވެސް ފޮނުވާލާފައިވެއެވެ. އެކަމާ ގުޅިގެން އެޑިއުކޭޝަނުން ނިންމާފައި ވަނީ މާލެ ސަރަހައްދުގެ ސްކޫލްތައް މިއަދަށް ބަންދު ކުރުމަށެވެ.
ކަރަންޓް ކެނޑުނު މައްސަލަ، ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އަންގަވައިފައެވެ.
ކަރަންޓު
ކަރަންޓު
ކަރަންޓު
ކަރަންޓު