ތިން ރަށެއްގެ ސިއްހީ މަރުކަޒު އިމާރާތް ކުރުމަށާއި ދެ ރަށެއްގައި ހެލްތް ސެންޓަރު ތަރައްގީކުރަން ހެލްތު މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
ހެލްތު މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކުރީ ހއ. އުލިގަމު ސިއްހީ މަރުކަޒު އިމާރާތް ކުރުމަށާއި ހދ. ކުމުންދޫ ސިއްހީ މަރުކަޒު އިމާރާތް ކުރުމަށާއި ރ. އިންނަމާދޫ ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމަށާއި އދ. އޮމަދޫ ހެލްތު ސެންޓަރު އިމާރާތްކުރުމަށާއި އަދި ދ. ހުޅުދެލި ސިއްހީ މަރުކަޒު މަރާމާތު ކުރުމަށެވެ.
މި ފަސް ރަށުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްްވީ އެ ކުންފުނީގެ އެމްޑީ ޑީސީޕީ (ރިޓަޔާޑް) އަހުމަދު ސައުދީ އެވެ. ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަހުމަދު ގާސިމެވެ.
އެމްޓީސީސީން އިއްޔެ ބުނީ އުލިގަމުގެ މަޝްރޫއުގެ ދަށުން 5 އެނދުގެ އެކްސްޓެންޝަން އިމާރާތެއް އިމާރާތްކުރުން ހިމެނޭކަމަށާއި އެ މަޝްރޫއުގެ އަގަކީ 14.32 މިލިއަން ރުފިޔާއެވެ.
ކުމުންދޫ ސިއްހީ މަރުކަޒު އިމާރާތްކުރުމުގެ ދަށުން 16 އެނދުގެ ސިއްހީ މަރުކަޒުގެ ބްލޮކެއް ހެދުމަށް ހަމަޖެހިފައިވާ ކަމަށާއި އެ މަޝްރޫއުގެ ޖުމުލަ އަގަކީ 27.26 މިލިއަން ރުފިޔާ ކަމަށެވެ.
އިންނަމާދޫ ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތުގެ ދަށުން ފަސް އެނދުގެ އެކްސްޓެންޝަން އިމާރާތަކާއި ފާމަސީއެއް ހަދަން ހަމަޖެހިފައިވާ ކަމަށާއި އެ މަޝްރޫއުގެ ޖުމުލަ އަގަކީ 10.06 މިލިއަން ރުފިޔާ ކަމަށެވެ.
އޮމަދޫ ސިއްހީ މަރުކަޒުގެ މަސައްކަތުގެ ދަށުން 16 އެނދުގެ ސިއްހީ މަރުކަޒުގެ ބްލޮކެއް ހެދުމަށް ހަމަޖެހިފައިވާ ކަމަށާއި އެ މަޝްރޫއުގެ ޖުމުލަ އަގަކީ 27.23 މިލިއަން ރުފިޔާކަމަށް އެމްޓީސީސީން ބުންޏެވެ.
އެމްޓީސީސީން އިތުރަށް ބުނީ ހުޅުދެލީ ސިއްހީ މަރުކަޒު މަރާމާތު ކުރުމުގެ މަސައްކަތުގެ ދަށުން ފަސް އެނދުގެ އެކްސްޓެންޝަން އިމާރާތެއް ހެދުމަށް ހަމަޖެހިފައި ކަމަށާއި އެ މަޝްރޫއުގެ ޖުމްލަ އަގަކީ 7.64 މިލިއަން ރުފިޔާކަމަށެވެ.
ފާތިމަތު ލިއުޝާ
ތަރައްގީގެ މަޝްރޫއުތައް
ތަރައްގީގެ މަޝްރޫއުތައް
ތަރައްގީގެ މަޝްރޫއުތައް
ތަރައްގީގެ މަޝްރޫއުތައް