ދިވެހި ހައްޖުވެރިންގެ ތިންވަނަ ގްރޫޕް މިއަދު ފުރައިފިއެވެ.
ދިވެހި ހައްޖުވެރިންގެ އެންމެ ފުރަތަމަ ފްލައިޓު ފުރީ މިދިޔަ ހޯމަ ދުވަހުއެވެ. ފުރަތަމަ ގްރޫޕުގައި 235 ހައްޖުވެރިން ދިޔައިރު، ދެވަނަ ގްރޫޕް ފުރީ މިދިޔަ އަންގާރަ ދުވަހުއެވެ. އެ ގްރޫޕުގައި 256 ހައްޖުވެރިއަކު ސައުދީއަށް ދިޔަ އެވެ.
މޯލްޑިވްސް ހައްޖު މިޝަނުން މިއަދު ބުނީ ހައްޖުވެރިންގެ ތިންވަނަ ގްރޫޕް މޯލްޑިވިއަންގް ފްލައިޓެއްގައި މިއަދު ހެނދުނު ރާއްޖެ ގަޑިން 07:12 ގައި ފުރާފައިވާ ކަމަށެވެ. އެ ގްރޫޕަށް ސައުދީގެ ޖިއްދާއަށް ދެވޭނެ ކަމަށް ލަފާކުރެވެނީ ރާއްޖެ ގަޑިން މިއަދު މެންދުރު 12:55 ހާއިރު ކަމަށްވެސް ބުންޏެވެ.
ރާއްޖެއިން މި އަހަރު ހައްޖަށް މީހުން ގެންދިއުމަށް ލިބިފައިވަނީ 1،000 ކޯޓާއެވެ.
އެހެން އަހަރުތަކާ ހިލާފަށް ރާއްޖެ އިން މި އަހަރު ހައްޖުވެރިން ހައްޖަށް ގޮސްފައިވަނީ އަލަށް ތައާރަފުކުރި މައްކާ ރޫޓް އިނީޝިއޭޓިވް ހިދުމަތުގެ ދަށުންނެވެ. އެ ހިދުމަތުގެ ދަށުން ޖިއްދާގެ އެއާޕޯޓުގެ އިމިގްރޭޝަންގައި ހައްޖުވެރިން މަޑުކުރަން ނުޖެހި ސީދާ ހޮޓަލަށް ދެވޭނެ އެވެ. އަދި ހައްޖުވެރިންގެ ލަގެޖުތައްވެސް ސީދާ ހޮޓަލަށް ގެންގޮސް ދޭނެއެވެ.
ފާތިމަތު ލިއުޝާ
ހައްޖު ކޯޕަރޭޝަން
ހައްޖު ކޯޕަރޭޝަން
ހައްޖު ކޯޕަރޭޝަން
ހައްޖު ކޯޕަރޭޝަން