ސެނެގާލުން ކުޅެން ތައްޔާރުވަމުންދާ އެކުވެރިކަމުގެ ދެމެޗުގައިވެސް ސަޑިއޯ މާނޭ ނުކުޅެން ނިންމައިފިއެވެ.
ކުރިއަށް އޮތް ފީފާ އިންޓަނޭޝަނަލް ބްރޭކްގައި ސެނެގާލުން ވަނީ ދެމެޗެއް ކުޅެން ރާވާފައެވެ. އެއީ އަޔަލޭންޑްގެ އިތުރުން އިންގްލެންޑާ ދެކޮޅަށެވެ. އެމެޗަށް ކޯޗު ޕަޕޭ ތިއާވް އިއުލާނުކުރި 26 ކުޅުންތެރިންގެ ސްކޮޑުގައި ސެނެގާލް ލެޖެންޑް މާނޭ ހިމަނާފައެއް ނުވެއެވެ.
ކޯޗު ތިއާވް ބުނީ މާނޭ ސްކޮޑަށް ނުނެގީ، އޭނާ އަމިއްލައަށް އެދުމުން ކަމަށެވެ. އަދި އުމުރުން 33 އަހަރުގެ މާނޭ އެހެން އެދުމުން އެކަމަށް އޭނާ އިހުތިރާމް ކުރަން ބޭނުންވާ ކަމަށްވެސް ކޯޗު ބުންޏެވެ.
ކުރިން ލިވަޕޫލަށް ކުޅުނު މާނޭ، މިހާރު ކުޅެމުން ދަނީ ސައުދީގެ އަލް ނަސްރަށެވެ. އޭނާ ގައުމީ ޓީމަށް 111 މެޗު ކުޅެފައިވާ އިރު، މިދިޔަ މާޗު މަހު ގައުމީ ޓީމުން ސޫދާން ކައިރިން އެއްވަރުވި މެޗުގައި މާނޭއަށް ސަޕޯޓަރުންގެ ފާޑުކިޔުންތައް އަމާޒުވިއެވެ.
ސެނެގާލުން އަޔަލޭންޑާ ދެކޮޅަށް ޑަބްލިންގައި ކުޅޭނީ ޖޫން ހަވަނަ ދުވަހުއެވެ. އަދި އިންގްލެންޑާ ދެކޮޅަށް ނޮޓިންހަމްގައި ކުޅޭނީ ޖޫން 10 ވަނަ ދުވަހުއެވެ.
ފީފާ ފްރެންޑްލީސް
ފީފާ ފްރެންޑްލީސް
ފީފާ ފްރެންޑްލީސް
ފީފާ ފްރެންޑްލީސް