ރެއާލް ސޮސިއެދާދުގެ މިޑްފީލްޑަރު މާޓިން ޒުބިމެންޑީ، އާސެނަލަށް ބަދަލުވާން ތައްޔާރުވެއްޖެއެވެ.
އުމުރުން 26 އަހަރުގެ ޒުބިމެންޑީ އާސެނަލަށް ބަދަލުވާން ނިންމާ، މެޑިކަލްއަށް ތައްޔާރުވެފައިވާ ކަމަށް އިތުބާރު ނޫސްތަކުން ވަނީ ޔަގީންކަން ދީފައެވެ. މިހާރު އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށް ބީބީސީ ސްޕޯޓްސްއިންވެސް ބުނެފައިވާ އިރު، އެ ނޫހުން ބުނީ ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި މެޑިކަލް ނިންމާނެ ކަމަށެވެ.
އާސެނަލުން ޒުބިމެންޑީ ގެންދަން ނިންމާފައި ވަނީ ރިލީސް ފީ ދެއްކުމަށްފަހުއެވެ. އެއީ 51 މިލިއަން ޕައުންޑްގެ އަގެކެވެ.
ޒުބިމެންޑީ ގެންދަން މީގެ ކުރިން ލިވަޕޫލުން މަސައްކަތް ކޮށްފައިވެއެވެ. އެންމެފަހުން ބޭއްވި ޔޫރޯ މުބާރާތް ސްޕެއިނުން ކާމިޔާބުކުރި އިރު، މުހިއްމު ރޯލެއް އަދާކުރި ޒުބިމެންޑީ ގެންދަން އެފަހަރު ލިވަޕޫލުން ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ. އެފަހަރު އޭނާ ނިންމީ ސޮސިއެދާދުގެ އެއްބަސްވުން އާކުރުމަށެވެ.
އާސެނަލުން މިޑްފީލްޑަރެއް ގެންދަން ނިންމާފައިވާ އިރު، އެޓީމަށް ކުޅެމުން ދިޔަ އިޓަލީގެ މިޑްފީލްޑަރު ޖޯޖީނީއޯ ވަނީ ކްލަބު ދޫކޮށްލާނެ ކަމަށް އިއުލާނު ކޮށްފައެވެ.
އާސެނަލުން މިޑްފީލްޑަރެއް ގެންދިޔުމުގެ އިތުރުން މިހާރު ބަލަމުން ދަނީ ފޯވަޑެއް ހޯދުމަށެވެ. އެގޮތުން އެޓީމުން ދަނީ ބެންޖަމިން ސެސްކޯއާއި ވިކްޓޯ ގްޔޮކެރެސްއަށް ބަލަމުންނެވެ.
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް