ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗުގައި ވާދަކުރާ ދެ ޓީމުގެ ކުޅުންތެރިންނާ އެކު، މެޗު ފަށަން ދަނޑަށް އަރާ ޕްލެޔާ މެސްކޮޓުންގެ ތެރޭގައި ހިމެނޭނެ ދިވެހި ނަސީބުވެރިޔާ ހޮވައިފިއެވެ.
މި ޕްރޮމޯޝަނުގެ ނަސީބުވެރިޔަކަށް ހޮވުނީ ސާއާދު އިބްރާހިމް، އަސްރަފީގެ/ ހއ. އުތީމުއެވެ.
ޖަރުމަނުގެ މިއުނިކުގެ އެލިއަންޒް އެރީނާގައި އޮންނަ ފައިނަލް މެޗުގެ ޕްލޭޔާ މެސްކޮޓްގެ ދަށުން، ޕީއެސްޖީ އާއި އިންޓަ މިލާންގެ ކުޅުންތެރިންނާއެކު ދަނޑަށް އެރުމުގެ ފުރުސަތު ލިބުނީ ސާއާދުގެ ދަރިފުޅު، ސުމައްޔާ ސައާދު އިބްރާހީމް އަށެވެ.
މި ޕްރޮމޯޝަނަކީ ބީއެމްއެލްގެ މާސްޓަކާޑް ކަސްޓަމަރުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ ޕްރޮމޯޝަނެކެވެ.
ޕްރޮމޯޝަނުގެ އިނާމުގެ ގޮތުގައި ސާއާދު އާއި ސުމައްޔާއަށް ހުރިހާ ހަރަދަކާއެކު މިއުނިކުގައި ހަތަރު ދުވަހުގެ ހުރުން ލިބޭނެއެވެ.
މީގެ ތެރޭގައި:
- މިއުނިކް ދެކޮޅު ޓިކެޓް
- ހަތަރު ދުވަހުގެ ހުރުން
- ޔޫއެފާ ޗެމްޕިއަންސް ލީގް ފައިނަލް މެޗުގެ ދެކޮޅު ޓިކެޓް
- ޕޮކެޓް މަނީ
- ވެލްކަމް ގިފްޓް
ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު އޮންނާނީ 31 މޭ 2025 ވާ ހޮނހިރުދުވަހުގެ ރޭ 12:00 ގައެވެ.
މާސްޓަކާޑަކީ ޔޫއެފްއާ ޗެންޕިއަންސް ލީގުގެ އޮފިޝަލް ސްޕޮންސަރެވެ. ބީއެމްއެއް އަކީ ރާއްޖޭގައި މާސްޓާ ކާޑުގެ ޕްރިންސިޕަލް މެންބަރެކެވެ. ބީއެމްއެލް އިން އަންނަނީ ރާއްޖޭގައި މާސްޓާ ކާޑު ޑެބިޓް، ކްރެޑިޓް އަދި ޕްރީޕެއިޑް ކާޑު ދޫކުރަމުންނެވެ.
ކުށް
ކްރިމިނަލް ކޯޓް
އިސްލާމީ ތާރީޚު