އިންޑިއާގެ މަޝްހޫރު އެކްޓްރެސް އަދި އައިޕީއެލް ޓީމު ޕަންޖާބު ކިންގްސްގެ ކޯ-އޯނަރު ޕްރިތީ ޒިންޓާ އިންޑިއާ އާމީގެ ސައުތު ވެސްޓަން ކޮމާންޑްގެ އާމީ ވައިވްސް ވެލްފެއަރ އެސޯސިއޭޝަން (އޭޑަބްލިއުޑަބްލިއުއޭ) އަށް 1 ކްރޯޑު ރުޕީސް ހަދިޔާކޮށްފިއެވެ.
މި ހަދިޔާ ދިނީ އޭޕްރިލް 22 ގައި ޕަހަލްގާމްގައި ހިނގި ޓެރަރިސްޓް ހަމަލާއާ ގުޅިގެން އިންޑިއާއިން ފެށި "އޮޕަރޭޝަން ސިންދޫރު" ގެ ދުވަސްވަރުއެވެ.
ޕްރިތީ ވަނީ އިންސްޓަގްރާމްގައި މި އިވެންޓުގެ ވީޑިއޯއެއް ހިއްސާކޮށްފައެވެ. އޭނާ ބުނެފައިވަނީ އާމީގެ މީހުންނާއި އެމީހުންގެ އާއިލާތަކަކީ ވަރަށް ހިތްވަރުގަދަ ބައެއް ކަމަށެވެ. އަދި އާމީގެ އޮފިސަރުންގެ ވާހަކަތައް އަޑުއެހުމުން ވަރަށް ބޮޑަށް ހިތްވަރު ލިބުނު ކަމަށްވެސް ބުނެފައިވެއެވެ.
ޕްރިތީ އިތުރަށް ބުނެފައިވަނީ އާމީގެ މީހުންނާއި އެމީހުންގެ އާއިލާތަކުގެ ކިބައިގައި ހުރި ހިތްވަރާއި ގުރުބާނީވުމުގެ ރޫހު ފެނި، ހައިރާންވި ކަމަށެވެ. އަދި މި އާއިލާތަކާއެކު ސްޓޭޖް ހިއްސާކުރުމަކީ އޭނާއަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށްވެސް ބުނެފައިވެއެވެ.
އޮޕަރޭޝަން ސިންދޫރަކީ އޭޕްރިލް 22 ގައި ޕަހަލްގާމްގައި ހިނގި ޓެރަރިސްޓް ހަމަލާއާ ގުޅިގެން އިންޑިއާއިން ފެށި އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަންގައި އިންޑިއާއިން ވަނީ ޕާކިސްތާނުގައި ހުރި ޓެރަރިސްޓް އިންފްރާސްޓްރަކްޗަރ އަށް އަމާޒުކޮށް ހަމަލާދީފައެވެ.
އިންޑިއާ
އިންޑިއާ
އިންޑިއާ
އިންޑިއާ