މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުގައި ރެފްރީކަން ކުރި ތޯމަސް ބްރަމޯލް ބޮޑު ގޯހެއް ހެދި ކަމަށް ބުނެ، އެސްޓަން ވިލާ އިން މައްސަލަ ހުށަހަޅައިފިއެވެ.
އެސްޓަން ވިލާ އިން ރޭ ކުޅުނު ލީގުގެ ފަހު މެޗުން އެ ޓީމު މެންޗެސްޓާ ޔުނައިޓެޑް ކައިރިން ބަލިވީ 2-0 ގެ ނަތީޖާ އަކުންނެވެ. އެ މެޗުގައި ވިލާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒަށް ރަތް ކާޑު ދައްކާފައިވާއިރު، އެއީ ރެފްރީ ގޯސްކޮށް ނިންމި ނިންމުމެއް ނޫން ކަމަށް ވިލާ އިންވެސް ވަނީ ގަބޫލުކޮށްފައެވެ.
މެޗު 0-0 ގެ ނަތީޖާއެއްގައި އޮއްވައި ވިލާގެ މޯގަން ރޯޖާސް ގޯލަކަށް ކުރި މަސައްކަތުގެ ތެރެއިން ޔުނައިޓެޑްގެ ކީޕަރު އަލްތޭ ބަޔިންދީރް އަތު ތެރޭގައި ކަހަލަ ގޮތަކަށް އޮތް ބޯޅައިން ހޯދައިގެން ގޯލަށް ވައްދާލިއެވެ.
އެ ބޯޅަ ބިމުން ދިއުމާއެކު ކީޕަރު ބޯޅަ ހިފަން މަސައްކަތް ކުރީ މަޑުމަޑުން ތިރިވެފައެވެ. ބޯޅަ ހިފަން އުޅުމުގެ ތެރޭގައި ރޯޖާސް ބޯޅަ ޖައްސައިގަތީ ކީޕަރު ދެ އަތުން ބޯޅަ ހިފާފައި އޮއްވާ ކަމަށް ބަލައި، ރޯޖާސް ބޯޅަ ގޯލަށް ފޮނުވާލި ތަނުން، ބޯޅަ ގޯލަށް ނުވަންނަނީސް މެޗުގެ ރެފްރީ ބްރަމޯލް ކަށިގަނޑު ފުމުނެވެ.
އެ ބޯޅަ ގޯލަށް ވަނުމުގެ ކުރިން ކަށިގަނޑު ފުމެފައި އޮތުމުން މެޗު ތެރެއިން ވީއޭއާރް ނުބެލުނު ނަމަވެސް، ފަހުން ވީޑިއޯ އިން އެނގުނު ގޮތުގައި ރޯޖާސް ބޯޅަ ހޯދީ ކީޕަރު ބޯޅަ ނުހިފަނީހެވެ.
ރެފްރީގެ އެ ނިންމުމާ ގުޅިގެން ވިލާ އިން ހުށަހެޅި މައްސަލައިގައި ބުނީ ތަޖުރިބާ މަދު ރެފްރީއެއް، މުހިންމު މެޗަކަށް ނެރުން އެއީ ޕްރިމިއާ ލީގުގެ މައްސަލައެއް ކަމަށެވެ. އަދި މެޗުގެ ނަތީޖާއަށް ބަދަލު ނާންނާކަން އެނގޭ ނަމަވެސް ޕްރިމިއާ ލީގުގެ މައްސަލަ ފާހަގަކުރަން ބޭނުންވާ ކަމަށް ބުނެފައިވެ އެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު