އަންހެން ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ވަރުގަދަ ބާސެލޯނާ ބަލިކޮށް، އާސެނަލް އިން 18 އަހަރު ފަހުން ޔޫރަޕްގެ ޗެމްޕިއަންކަން ހޯދައިފިއެވެ.
ބާސާއަކީ އަންހެން ފުޓްބޯޅައިގައި، މި ފަހުގެ ތާރީހެއްގައި ފެނިގެންދިޔަ އެންމެ ކާމިޔާބު ޓީމެވެ. ރޭ ކުޅުނު ޗެމްޕިއަންސް ލީގުގެ ފައިނަލަކީ މިދިޔަ ހަތް އަހަރު ތެރޭގައި ބާސާ އިން ކުޅުނު ހަވަނަ ފައިނަލެވެ. އޭގެ ތެރެއިން ތިން ފައިނަލް ބާސާ އިން ކާމިޔާބު ކޮށްފައިވާއިރު، ރޭގެ ފައިނަލުގައި ވި ބައްޔަކީ މި ސީޒަނުގައި އެ ޓީމަށް ކުރިމަތިވި ހަތަރުވަނަ ބައްޔެވެ.
ޕޯޗުގަލްގެ ލިސްބަންގައި ރޭ ކުޅުނު ފައިނަލުގައި އާސެނަލް އިން ބާސާ ބަލިކުރީ 1-0 ގެ ނަތީޖާ އަކުންނެވެ. ފެވަރިޓުން ބާސާ ބަލިކޮށް އާސެނަލުން ހޯދި ތަށްޓަކީ 2007 ވަނަ އަހަރު ފަހުން އެ ޓީމުން ހޯދި ފުރަތަމަ ޗެމްޕިއަންސް ލީގެވެ.
ބާސާގެ ފުރަތަމަ 11 ގައި މިދިޔަ ދެ އަހަރު އަންހެން ބެލޮންޑިއޯ ހޯދި އައިޓާނާ ބޮންމަޓީއާއި އޭގެ ކުރިން ބެލޮންޑިއޯ ހޯދި އެލީޒިއާ ޕުޓޭޔާސްވެސް ހިމެނެ އެވެ. އެ ވަރުގަދަ ސްކޮޑާއެކު ނުކުތް ބާސާއަށް ފުރަތަމަ ހާފުގައިވެސް އާސެނަލުން ނުރައްކާ ކުރަމުން ގޮސްފައިވާއިރު، ހަމައެކަނި ގޯލު ފެނުނީ ދެވަނަ ހާފުގައެވެ.
އާސެނަލް މެޗުން މޮޅުކޮށްދިން ގޯލު ޖެހީ ސްޓިނާ ބްލެކްސްޓެނިއަސް އެވެ.
އާސެނަލް
އާސެނަލް
އާސެނަލް
އާސެނަލް