ދިވެހި ހައްޖުވެރިންނަށް ހާއްސަ ކްލިނިކެއް ސައުދީ އަރަބިއްޔާގައި ގާއިމުކޮށްފިއެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވީ ހައްޖު މޫސުމުގައި ރާއްޖޭގެ ހައްޖުވެރިންނަށް ހާއްސާ ކްލިނިކެއް ހަދަން ސައުދީގެ ސަރުކާރުން ދިވެހި ހައްޖުމިޝަނަށް ރަސްމީކޮށް ހުއްދަ ދީފައިވާ ކަމަށެވެ.
ދިވެހި ހާޖީންނަަށް ރަސްމީކޮށް ކްލިނިކް ގާއިމު ކޮށްފައިވަނީ މައްކާގެ އަބީރު ހޮސްޕިޓަލާ ގުޅިގެން، ހާޖީން ތިބޭ ހައްޖު ކޯޕަރޭޝަންގެ ހޮޓަލުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ހައްޖު ކޯޕަރޭޝަނުން ވަނީ ސިއްހީ ފުރިހަމަ ނިޒާމެއް ކްލިނިކްގައި ގާއިމުކޮށްފައި. ބޭސްފަރުވާއާއި ހޮސްޕިޓަލް ބެޑް ވެސް ކްލިނިކުގައި ހުންނާނީ ގާއިމުކޮށްފައި. މިއީ މިގޮތަށް ސައޫދީ ހޮސްޕިޓަަލަކާ ގުޅިގެން އަދި ރަސްމީކޮށް ކްލިނިކް ގާއިމު ކުރެވިގެންދާ ފުރަތަމަ ފަހަރު،" ޝަހީމް ވިދާޅުވި އެވެ.
މުހައްމަދު އިޝާން
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު