އިސްރާއީލުގެ ނިއުކްލިއާ ސައިޓުތަކުގެ ތެރެއިން އެއްވެސް ސައިޓަކަށް އިސްރާއީލުން ހަމަލާ ދީފިނަމަ އެކަމުގެ ޒިންމާ ނަގަން ޖެހޭނީ އެމެރިކާއިން ކަމަށް އެގައުމުގެ ބުނެފައެވެ.
އިރާނުގެ ފޮރިން މިނިސްޓަރު، އައްބާސް އަރާޗީ އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް އަށް އެޑްރެސް ކުރައްވައި ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ އިސްރާއީލުގެ ޔަހޫދީ ސަރުކާރުން ހަމަލާއެއް ދީފިނަަމަ އެކަމުގެ ބަދަލު ހިތިކޮށް ދޭނެ ކަމަށެވެ.
އަރާޗީ ވަނީ އިސްރާއީލުން ދެމުންދާ އިންޒާރުތަކަށް ބައިނަލްއަގުވާމީ މުޖުތަމައުން ފިޔަވަޅުތައް އެޅުމަށް ގޮވާލައްވައިފައެވެ. އެހެން ނޫނީ އިރާނުން އެގައުމުގެ ނިއުކްލިއާ ސަރަހައްދުތަކުގެ ރައްކާތެރިކަމަށް ހާއްސަ ފިޔަވަޅުތަކެއް އަޅާނެކަމަށް ވެސް ވިދާޅުވިއެވެ.
އިރާނުން އިސްރާއީލަށް އިންޒާރު ދީފައި މިވަނީ އިސްރާއީލުން އިރާނާ ދެކޮޅަށް ހަމަލާ ދިނުމަށް ތައްޔާރުވަމުން އަންނަ ކަމުގެ އިންޓެލިޖެންސް މައުލޫމާތު އެމެރިކާއަށް ލިބިފައިވާކަމަށް ބުނެ ސީއެންއެން އިން ރިޕޯޓުކޮށްފައިވާ ދަނޑިވަޅެއްގައެވެ.
މުހައްމަދު އައުޒަމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރިޕޯޓް
ރިޕޯޓް
ހައުސިން މިނިސްޓްރީ