ޕާކިސްތާނުގައި ދިން ހަމަލާއެއްގައި ފަސް މީހުން މަރުވެއްޖެއެވެ.
ޕާކިސްތާނުގެ ހުޅަނގު ދެކުނުގެ ހުޒްދާރް ސިޓީގައި ޖާނުން ފިދާވެގެން ދިން އެހަމަލާ އަމާޒުކޮށްފައިވަނީ ސްކޫލު ބަހަކަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.
އިއްޔެ ދިން އެހަމަލާ އަމާޒުވެފައިވާ ސްކޫލު ބަސް ދަތުރުކުރަމުން ދިޔައީ ގިނަ އަދަދެއްގެ ދަރިވަރުން ގޮވައިގެން ކަމަށާއި އެހާދިސާގައި މަރުވި ފަސް މީހުންގެ ތެރޭގައި ތިން ކުޑަކުދިން ހިމެނޭކަމަށް އޮފިޝަލުން ބުނެއެވެ.
އެސިޓީގެ ޕްރޮވިންސް އޮފިޝަލަކު ވަނީ އެހާދިސާގައި 38 މީހުންނަށް އަނިޔާވެފައިވާކަމަށް ބުނެފައެވެ. އެބަހުން ދަތުރުކޮށްފައިވަނީ ޕާކިސްތާނުގެ އާމީއިން ހިންގާ ޕަބްލިކް ސްކޫލެއްގެ ދަރިވަރުން ކަމަށްވެސް އޮފިޝަލުން ބުނެއެވެ.
ޖާނުން ފިދާއުވެގެން ދިން އެހަމަލާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން އުފުލާފައި ނުވި ނަމަވެސް ބައެއް ރިޕޯޓުތަކުން ވަނީ ޕާކިސްތާނުގެ މިލިޓަރީ އިން އެހަމަލާގެ ފަހަތުގައި ވަނީ އިންޑިއާއިން އެހީތެރިވާ ބަޔަކު ކަމަށް ތުހުމަތުކޮށްފައެވެ. އިންޑިއާގެ ފޮރިން މިނިސްޓްރީ އިން ވަނީ އެހަމަލާގެ އެއްވެސް މައުލޫމާތެއް އެނގިފައިނުވާކަމަށާއި ތުހުމަތުތައް ދޮގު ކުރާކަމަށް ބުނެފައެވެ.
މުހައްމަދު އައުޒަމް
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު