ޅ. ގާއެރި ފަޅުކައިރީ ފީނަން ނުކުމެ އުޅުނު ތިބި ބަޔަކ ތިބި ޑިންގީއެއްގައި ލޯންޗަކުންޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ފަސް މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން "ވަން" އަށް މިއަދު ބުނީ އެ ހާދިސާގެ މައުލޫމާތު ލިބިފައިވަނީ ރޭ 12:33 އެހާކަންހާއިރު ކަމަށެވެ.

"މި އެކްސިޑެންޓުގައި ޑިންގީގައި ތިބި ފަސް މީހުންނަށް އެކިވަރުގެ އަނިޔާވެފައިވޭ. އޭގެ ތެރެއިން އެކަކަށް ސީރިއަސް އަނިޔާތަކެއް ވެފައިވާކަމަށް ފުލުހުންނަށް މައުލޫމާތު ލިބިފައިވޭ. އަނިޔާވި މީހުންނަށް ޅ. އަތޮޅު ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުން. އަނިޔާވެފައިވަނީ ފަސް ދިވެހި ފިރިހެނުންނަށް" ފުލުހުން ބުންޏެވެ.

އެ އެކްސިޑެންޓުގައި ހިމެނޭ ޑިންގީވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލަ ތަހުގީގު ކުރަމުންދާކަމަށް ފުލުހުން ބުންޏެވެ.