ސިއްހީ ދާއިރާ ކުރިއަރުވަން ތައިލެންޑްގެ ހެލްތް މިނިސްޓްރީ އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
އެ އެއްބަސްވުމުގައި ސޮއިކުރީ ސްވިޒަލޭންޑްގެ ޖެނީވާގައި މިހާރު ކުރިއަށްދާ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ 78 ވަނަ ވޯލްޑް ހެލްތް އެސެމްބްލީގެ ހަވާސާގެ ތެރެއިންނެވެ. އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަދީޖާ އަބްދުއްސަމަދު އަބްދުﷲ އެވެ. ތައިލެންޑް ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ހެލްތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޑޭޝް-އިސް ކައުތޯން އެވެ.
ހެލްތް މިނިސްޓްރީން ބުނީ އެ އެއްބަސްވުމުގެ ދަށުން ރާއްޖޭގައި ދެމުންގެންދާ ޕްރައިމަރީ ހެލްތުކެއާގެ ހިދުމަތްތައް ހަރުދަނާކުރުމަށާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ގެ ރެގިއުލޭޓަރީ ހިދުމަތް ހަރުދަނާ ކުރުމަށާއި ސިއްހީ ދާއިރާގެ އިންސާނީ ވަސީލަތްތައް ހަރުދަނާކުރުމަށާއި ހެލްތް ޕޮލިސީ، ހެލްތު ސިސްޓަމް ރިސާޗް އަދި ހެލްތް އިންފޮމޭޝަން އެންޑް ޓެކްނޮލޮޖީ ހަރުދަނާ ކުރުމަށް އެހީތެރިކަން ލިބިގެންދާނެ ކަމަށެވެ.
އޭގެ އިތުރުން، ސިއްހީ ދާއިރާ ކުރިއެރުމަށް ބޭނުންވާ އިނޮވޭޓިވް ސަސްޓެއިނަބަލް ފައިނޭންސިންއަށް އެހީތެރިކަން ލިބިގެންދާނެ ކަމަށްވެސް ބުންޏެވެ.
ސޮއިކުރުމުގެ ރަސްމިއްޔާތުގައި ރާއްޖެއާ ތައިލޭންޑުގެ ސިއްހީ ދާއިރާ އިން ގުޅުން ބަދަހިކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަ ކުރައްވައި ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ އެ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ރާއްޖެއިން އަބަދުވެސް މަސައްކަތް ކުރައްވާނެ ކަމަށެވެ.
އަދި މިއަދު ސޮއިކުރި އެއްބަސްވުމަކީ ދެ ގައުމުގެ ދެމެދުގައި މިހާރު ކުރިއަށްދާ ޕާޓްނާޝިޕްގައި ފާހަގަކޮށްލެވޭ މުހިންމު ކާމިޔާބީއެއް ކަމަށްވެސް ވިދާޅުވި އެވެ.
މިނިސްޓަރު ވަނީ ތައިލެންޑުން އާންމު ސިއްހަތަށް ވަމުން ގެންދާ ޒަމާންވީ އެއްބާރުލުމާއި ތަޖުރިބާއަށާއި ޕްރައިމަރީ ހެލްތް ކެއާ، ކެޕޭސިޓީ ބިލްޑިން، ޕޮލިސީ ރިސާޗް، އެކަޑަމިކް އެކްސްޗޭންޖް އަދި ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ފަދަ ދާއިރާތަކުން ދެމުންގެންދާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވައިފަ އެވެ.
މުހައްމަދު ސިމާއު
މިނިސްޓްރީ އޮފް ހެލްތް
މިނިސްޓްރީ އޮފް ހެލްތް
މިނިސްޓްރީ އޮފް ހެލްތް