އެފްއޭއެމްއިން ރާވައި އިންތިޒާމުކުރަމުން އަންނަ އެފްއޭއެމް ލީގު ކަޕް 2025 ގައި މިއަދު ހަވީރު ކުޅުނު މެޗުގައި ޓީސީ ސްޕޯޓްސް ކްލަބުން މަހިބަދޫ ސްޕޯޓްސް ކްލަބު ކައިރިން މޮޅުވެއްޖެއެވެ.
ފަސް ޓީމު ވާދަކުރާ އެފްއޭއެމް ލީގު ކަޕްގެ ގަދަ ހަތަރަކަށް ސެމީ ފައިނަލުގެ ޖާގަ ލިބޭނެއެވެ. ލީގު ބުރުގެ އެއް ވަނައިގައި، މި ވަގުތު އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަށް ތިން މެޗުން ނުވަ ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް އޮޑި ސްޕޯޓްސް ކްލަބާއި ތިން ވަނައިގައި އޮތް ޓީސީ އަށް ވަނީ ހަތަރު ޕޮއިންޓް ލިބިފައެވެ.
މިއަދު ޓީސީން ފަހުވަގުތު ގޯލު ޖަހައި މަހިބަދޫ ކައިރިން 2-1 އިން މޮޅުވި އިރު، އެ ނަތީޖާއާއެކު ޓީސީއަށް ވަނީ ސެމީ ޔަގީންވެފައެވެ. އެއީ ލީގު ބުރުގައި އެޓީމުގެ މެޗު ހަމަވި އިރު، ހަތަރު ޕޮއިންޓާއެކު ކަޓައިގެން ނުދާނެކަން ޔަގީންވެފައި އޮތުމުންނެވެ.
މަހިބަދުއަށް މިހާރު އަމިއްލަ ބާރެއް ނެތެވެ. އެޓީމަށް ސެމީ ޖާގަ ލިބެން އޮތީ މިރޭ ނިއުއިން އޮޑި ކައިރިން ބަލިވެއްޖެ ނަމައެވެ. ނިއުއިން އިތުރު ޕޮއިންޓެއް ހޯދައިގެންވެސް ސެމީއަށް ދެވޭނެއެވެ.
މިއަދުގެ މެޗު ފަށައިގެން 10 ވަނަ މިނެޓުގައި ޓީސީން ލީޑު ނެގިއެވެ. އެ ގޯލު ޖެހީ މާޔިޒް ވަހީދެވެ. އެ ގޯލާއެކު މޮޅުވާން ދަނިކޮށް، މަހިބަދޫގެ ލެޖެންޑަރީ ފޯވަޑް އަސަދުﷲ އަބްދުﷲ ވަނީ 82 ވަނަ މިނެޓުގައި ރަށަށް އެއްވަރު ކޮށްދީފައެވެ. އެހެން ނަމަވެސް، 90 ވަނަ މިނެޓުގައި އަބްދުﷲ ރިޒާން ވަނީ ޓީސީ މޮޅުވި ގޯލު ޖަހައި، އެޓީމަށް ސެމީ ޔަގީން ކޮށްދީފައެވެ.
އެފްއޭއެމް ލީގު ކަޕް
އެފްއޭއެމް ލީގު ކަޕް
އެފްއޭއެމް ލީގު ކަޕް
އެފްއޭއެމް ލީގު ކަޕް