އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު (ސީސީއޯ) ހުސައިން ނިޔާޒު، އޭޝިއާގެ އެންމެ މޮޅު 10 ޓެކް ލީޑަރުންގެ ތެރޭގައި ހިމެނިއްޖެއެވެ.
ބިޒްނަސް މެގަޒިން އިންޑަސްޓްރީގެ އެންމެ ކުރީގައި އުޅޭ "ޓްރޭޑް ފްލޮކް" އިން އިއްޔެ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ވަނީ އޭޝިއާގެ އެންމެ މޮޅު ޓެކް ލީޑަރުންގެ ތެރޭގައި ނިޔާޒު ހިމެނުމުން މަރުހަބާ ކިޔައިފައެވެ.
"ޓްރޭޑް ފްލޮކް" އިން ބުނީ ނިޔާޒަކީ ޓެކްނޮލޮޖީ ދާއިރާގައި 12 އަހަރުގެ ތަޖުރިބާ ހުރި ބޭފުޅެއް ކަމަށެވެ. ނިޔާޒު މިސާލު ދައްކަވަނީ، ލީޑަޝިޕަކީ ހަމައެކަނި ދައުރެއް ކަމަށް ދެކިގެން ނޫން ކަމަށާއި އެއީ ޒިންމާއެއް ކަމަށް ދެކިގެން ކަމަށެވެ.
ނިޔާޒް އެންމެ ފުރަތަމަ މަސައްކަތް ކުރެއްވީ އެމްއެންޑީއެފް، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ކޮމިއުނިކޭޝަންސް، އިލެކްޓްރޯނިކްސް އެންޑް އައިޓީ ޑިޕާޓްމަންޓުގެ ހެޑެއްގެ ގޮތުގައެވެ.
އެއަށްފަހު އެމްއެެންޑީއެފުން ވަކިވެ އޭނާ ވަޒީފާ އަދާކުރެއްވީ ވަތަނިއްޔާ، މިހާރުގެ ގޮތުންނަމަ އުރީދޫ މޯލްޑިވްސްގެ ޓެކްނިޝަނެއްގެ ގޮތުގައެވެ. އޭގެ ފަހުން މެނޭޖާ ނެޓްވޯކް ޕްލޭނިން އެންޑް އޮޕްޓިމައިޒޭޝަން، ހެޑް އޮފް ނެޓްވޯކްސް، ހެޑް އޮފް ސޭލްސް އެންޑް ޑިސްޓްރިބިއުޝަންގެ މަގާމު ނިޔާޒު އަދާކުރެއްވިއެވެ.
އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރުގެ މަގާމަށް ނިޔާޒު އައްޔަންކުރެއްވީ 26 މޭ 2021 ގައެވެ.
މުހައްމަދު އިޝާން
އުރީދޫ މޯލްޑިވްސް
އުރީދޫ މޯލްޑިވްސް
އުރީދޫ މޯލްޑިވްސް
އުރީދޫ މޯލްޑިވްސް