ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް ޖެކުލިން ފަރނާންޑެޒް އަށް 78 ވަނަ ކޭންސް ފިލްމް ފެސްޓިވަލްގެ "ވިމެން އިން ސިނެމާ" އިވެންޓްގައި އޮނަރަރީކަން ދީފިއެވެ. މި އިވެންޓަކީ ރެޑް ސީ ފިލްމް ފައުންޑޭޝަނުން އިންތިޒާމުކުރި އިވެންޓެކެވެ.
ޖެކުލިން ބުނެފައިވާ ގޮތުގައި މި އޮނަރަރީކަން ލިބުމަކީ އޭނާއަށް ލިބުނު ވަރަށް ބޮޑު އުފަލެކެވެ. އޭނާ ފެސްޓިވަލްގެ ފުރަތަމަ ދުވަހު ލައިގެން ހުރީ ހުދު ކުލައިގެ ޕެންޓް ސޫޓަކާއި ގަހަނާ ހަރުކޮށްފައިވާ ކޯސެޓެކެވެ. ޖެކުލިން މީގެ ކުރިންވެސް ވަނީ ކޭންސް ފިލްމް ފެސްޓިވަލްގައި ބައިވެރިވެފައެވެ.
"ވިމެން އިން ސިނަމާ" އިވެންޓުން އަންހެން ފިލްމް އުފެއްދުންތެރީންނަށް އިތުރު ފުރުސަތުތައް ހޯދައިދޭން މަސައްކަތްކުރެއެވެ.
މި އަހަރުގެ ކޭންސް ފެސްޓިވަލްގައި އާލިޔާ ބަޓް، އައިޝްވަރިޔާ ރާއީ އަދި އިޝާން ޚައްޓަރު ފަދަ އިންޑިއާ ތަރީން ބައިވެރިވެއެވެ. ކޭންސް ފިލްމް ފެސްޓިވަލް ކުރިއަށްދާނީ 13 މެއި އިން 24 މެއި އަށެވެ.
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް