ސަރުކާރުގެ އެކި އިދާރާތަކަށް އައްޔަން ކުރާ ސިޔާސީ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރާއި ގާބިލުކަން އިތުރުކުރުމަށް، ހާއްސަ ޕްރޮގްރާމެއް މިއަދު ފަށައިފިއެވެ.
ރައީސް އޮފީހުން ބުނިގޮތުގައި މިއީ، 'އެގެޒެކެޓިވް ޑިވެލޮޕްމެންޓް ޕްރޮގްރާމް' ނުވަތަ އީޕީޑީގެ ނަމުގައި ސިވިލް ސާވިސް ޓްރެއިނިން އިންސްޓިޓިއުޓް (ސީއެސްޓީއައި)ގެ އެހީގައި ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
ރައީސް އޮފީހުން ބުނިގޮތުގައި އެ ޕްރޮގްރާމްގެ މަގުސަދަކީ ސަރުކާރުގެ އެކި މިނިސްޓްރީތަކަށް ސިޔާސީ ގޮތުން އައްޔަން ކުރާ މީހުން ހިމެނޭ ގޮތަށް، ސަރުކާރުގެ އިސް ބޭފުޅުންގެ މަސައްކަތުގެ ފެންވަރު ރަނގަޅުކުރުމެވެ.
އެ ޕްރޮގްރާމްގައި މައިގަނޑު ގޮތެއްގައި ކިޔައިދެނީ މެނޭޖުކުރުމުގެ ހުނަރާއި އޮގަނައިޒޭޝަނަލް އިފެކްޓިވްނެސް އާއި އެންމެ ރަނގަޅު އުސޫލުތަކުގެ އިތުރުން އެތެރޭގެ އެޖެންސީތަކާ ގުޅިގެން މަސައްކަތް ކުރުމެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި މި ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވަނީ އިންޓަރެކްޓިވް ލެކްޗަތަކާއި، ސެމިނާ އަދި މަސައްކަތު ބައްދަލުވުންތަކާއި ދާއިރާގެ ތަޖުރިބާކާރުންގެ ސެޝަންތަކުގެ ޒަރީއާއިންނެވެ.
މި ޕްރޮގްރާމްގެ ފުރަތަމަ ސެޝަން ނަންގަވައިދެއްވީ، މޯލްޑިވްސް އެސޯސިއޭޝަން އޮފް ހިއުމަން ރިސޯސް ޕްރޮފެޝަނަލްސް (އެމްއޭއެޗްއާރްޕީ)ގެ ނައިބު ރައީސް ހުސެއިން އަފީފެވެ.
މިއަދުގެ ސެޝަންގައިވެސް ގިނަ އަދަދަކަށް ސިޔާސީ މުވައްޒަފުން ބައިވެރިވެފައިވެއެވެ.
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު