ކ. ގުޅި ބިން ހިއްކުމުގެ މަޝްރޫއުގެ 95 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް އެ މަޝްރޫއުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ބުނެފިއެވެ.
ގުޅީގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 20 މާޗު 2023 ގައެވެ. ނަމަވެސް އެ މަޝްރޫއުއަށް ބޭނުންވާ ބަޖެޓާއި ވަސީލަތް ފަހިކޮށްދީފައި ނުވާތީ އެ މަސައްކަތް އޮތީ ނުފެށިއެވެ. މި ސަރުކާރުން ވެރިކަމާ ހަވާލުވެ އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ އޭޕްރިލް މަހުގެ ހަތްވަނަ ދުވަހުއެވެ.
އެމްޓީސީސީން މިއަދު ބުނީ، އެ މަޝްރޫއުގެ މަސައްކަތް ނިމުމުން އެ ރަށުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ އިޖުތިމާއީ އަދި ވިޔަފާރީގެ މައްސަލައަށް ދިގު ދެމިގެންދާ ހައްލެއް ލިބިގެންދާނެ ކަމަށެވެ.
ގުޅީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން އެ ރަށުން 10.15 ހެކްޓަރުގެ ބިން ހިއްކައި 940 މީޓަރުގެ ހިލަ ރިވެޓްމަންޓް ޖަހައި 362 މީޓަރުގެ ޖީއޯބޭގް ރިވެޓްމަންޓް ޖެހުން ކުރިއަށްދާނެއެވެ. އަދި 88 މީޓަރުގެ ގްރޮއިންވެސް ޖަހާނެއެވެ. އެ މަޝްރޫއަކީ 83 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ފާތިމަތު ލިއުޝާ
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ