ނ. އަތޮޅު ރިސޯޓެއްގެ ނެރު ކައިރީ ލަނޑާ ނަގަން ފީނަން އުޅުނު މީހެއްގެ ގައިމަތިން ލޯންޗެއް ގޮސް، އެ މީހާގެ އަތް ބުރިވެއްޖެއެވެ.
ފުލުހުން ބުނި ގޮތުގައި އެ ހާދިސާގެ ރިޕޯޓްކޮށްފައިވަނީ ރޭ 10:30 ހާއިރުއެވެ.
އެ ހާދިސާގައި އަނިޔާ ވެފައިވަނީ 30 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކަށް ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ މީހާގެ ކަނާއަތުގެ އޮޅަނބޮއްޓާ ހިސާބުން ބުރިވެ، ބޮޑެތި އަނިޔާތަކެއްވެފައިވާ ކަމަށާއި އެ މީހާ މިހާރު މާލެ ގެނެސް އޭޑީކޭ ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުން ކަމަށެވެ.
ފުލުހުން އަންނަނީ މި މައްސަަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކްރިމިނަލް ކޯޓް
އިގްތިސޯދު
ކުށް
އަޅެ މިރާއްޖޭގަ ވެއްޖެނޫން ތިއަ ލޯންޗުފަހަރުގަ ބުރަފަތި ގާޑު އަޅުވަން އެއިރުން އަނިޔާވާ މިންވަރު ކުޑަކުރެވޭނެ ތާ
ބުންބާބެ - 1 އަހަރު ކުރިން