ހުޅުމާލޭގައި މީހުން އާބާދުވިތާ 21 އަހަރު ފުރުން ފާހަގަކުރުމަށް، އެޗްޑީސީން ބާއްވާ ބީޗް ފެސްޓުގެ ކުޅިވަރުތަކުގައި ޓީމުތަކުން ބައިވެރިވާން ހުޅުވާލައިފިއެވެ.

ބީޗް ފެސްޓުގެ ކުޅިވަރުތަކުގައި ބައިވެރިވުމަށް އެޗްޑީސީން މިއަދު ހުޅުވާލާފައިވާ އިރު، ބައިވެރިވުމުގެ ސުންގަޑި އަންނަ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 3:30 އަށް ހަމަވާނެއެވެ.

އެޗްޑީސީން މައުލޫމާތުދޭ ގޮތުގައި، އެ މުއްދަތުގެ ތެރޭގައި ކިޔުއާރު ކޯޑު ބޭނުންކޮށްގެން ޓީމުތަކަށް ރަޖިސްޓަރީކުރެވޭނެއެވެ.

އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 9:00 އިން ހަވީރު 6:00 އަށް ހުޅުމާލޭ ފޭސް އެކެއްގެ ބީޗް ސްޓްރެޗްގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ބީޗް ފެސްޓުގައި ހަ ކުޅިވަރެއް ހިމެނެއެވެ. އެއީ ޕާކް ވޮލީބޯޅަ، ހޭންޑްބޯޅަ، 3އޮން3 ބީޗް ފުޓުބޯޅަ، ވާދެމުން (ޓަގް އޮފް ވޯ)، ކެނޯ ރޭސް އަދި ފަލިޖެހުމެވެ. އެއިން ކޮންމެ ކުޅިވަރު މުބާރާތެއް ކާމިޔާބުކުރާ ޓީމަކަށް ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ފައިސާގެ އިނާމުތައް:

  • ހޭންޑްބޯޅަ - 5000 ރުފިޔާ
  • 3އޮން3 ބީޗް ފުޓުބޯޅަ - 5000 ރުފިޔާ
  • ވާދެމުން (ޓަގް އޮފް ވޯ) - 5000 ރުފިޔާ
  • ފަލިޖެހުން - 5000 ރުފިޔާ
  • ކެނޯ ރޭސް - 5000 ރުފިޔާ
  • ޕާކް ވޮލީބޯޅަ - 5000 ރުފިޔާ

ކުޅިވަރު މުބާރާތްތައް ކުރިއަށްދާނެ ގޮތާއި ތަފްސީލު:

ޕާކް ވޮލީބޯޅަ

  • ދެ ޖިންސު އެއްކޮށް ބާއްވާ މުބާރާތެއް
  • ކުޅެވޭނީ ބީޗް ވޮލީބޯޅަ
  • ގިނަވެގެން 18 ޓީމު
  • ޓީމެއްގައި ހަ ކުޅުންތެރިން ހިމެނޭނެ، ކޯޓުގައި ކުޅެވޭނީ ހަތަރު ކުޅުންތެރިންނަށް
  • އޭގެ އިތުރުން ކޮންމެ ޓީމެއްގައި ތިން އޮފިޝަލުން ހިމެނޭނެ
  • ހުރިހާ އުމުރުފުރާއަކަށް ހުޅުވާލެވިފައި
  • ޕޮއިންޓް ސިސްޓަމް (21 ޕޮއިންޓު، އެންމެ ރަނގަޅު ފަސް ސެޓަށް)
  • މުބާރާތުގެ ފޯމެޓު ކަނޑައަޅާނީ ބައިވެރިވާ ޓީމުތަކުގެ އަދަދަށް ބަލާފައި
ޕާކް ވޮލީބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ކިޔުއާރު ކޯޑު --

ހޭންޑްބޯޅަ

  • ފިރިހެން އަދި އަންހެން ޑިވިޝަން ވަކިން
  • ކޮންމެ ޓީމެއްގައި ދިހަ ކުޅުންތެރިން ހިމެނޭނެ، ކޯޓުގައި ކުޅެވޭނީ ހަތަރު ކުޅުންތެރިންނަށް
  • އޭގެ އިތުރުން ކޮންމެ ޓީމެއްގައި ތިން އޮފިޝަލުން ހިމެނޭނެ
  • މުބާރާތް ކުރިއަށްދާނީ ނޮކްއައުޓް އުސޫލުން، ވަގުތު ކަނޑައަޅައިގެން
ހޭންޑްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ކިޔުއާރު ކޯޑު --

3އޮން3 ބީޗް ފުޓުބޯޅަ

  • ފިރިހެނުންގެ ޑިވިޝަންގެ މުބާރާތެއް
  • ކުޅެވޭނީ ފުޓްސަލް ބޯޅައިން
  • ކޮންމެ ޓީމެއްގައި ހަތަރު ކުޅުންތެރިން ހިމެނޭނެ، ކޯޓުގައި ކުޅެވޭނީ ތިން ކުޅުންތެރިންނަށް
  • އޭގެ އިތުރުން ކޮންމެ ޓީމެއްގައި ދެ އޮފިޝަލުން ހިމެނޭނެ
  • ކޮންމެ މެޗެއްގައި ހާފެއްގެ ދިގުމިނަކީ ހަތް މިނެޓު (މެޗެއްގެ ޖުމުލަ 15 މިނެޓު)
  • ކުޅެވޭނީ 3އޮން3 މެޗުތައް
3އޮން3 ފުޓުބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ކިޔުއާރު ކޯޑު --

ވާދެމުން (ޓަގް އޮފް ވޯ)

  • ދެ ޖިންސު އެއްކޮށް ބާއްވާ މުބާރާތެއް
  • ގިނަވެގެން 16 ޓީމު
  • ޓީމެއްގައި ދިހަ ކުޅުންތެރިން ހިމެނޭނެ
  • ކޮންމެ މެޗެއްގައި ހާފެއްގެ ދިގުމިނަކީ ދެ މިނެޓު
  • ހުރިހާ އުމުރުފުރާއަކަށް ހުޅުވާލެވިފައި
ވާދެމުމުގެ މުބާރާތުގައި ބައިވެރިވުމުގެ ކިޔުއާރު ކޯޑު --

ކެނޯ ރޭސް

  • ހުރިހާ އުމުރުފުރާއަކަށް ހުޅުވާލެވިފައި
  • ދެ ޖިންސު އެއްކޮށް ބާއްވާ މުބާރާތެއް
  • ހުރިހާ ބައިވެރިންނަށް ވެސް ފަތަން އެނގެން ޖެހޭ
ކެނޯ ރޭހުގައި ބައިވެރިވުމުގެ ކިޔުއާރު ކޯޑު --

ފަލިޖެހުން

  • ހުރިހާ އުމުރުފުރާއަކަށް ހުޅުވާލެވިފައި
  • ދެ ޖިންސު އެއްކޮށް ބާއްވާ މުބާރާތެއް
  • ހުރިހާ ބައިވެރިންނަށް ވެސް ފަތަން އެނގެން ޖެހޭ
ފަލިޖެހުމުގެ މުބާރާތުގައި ބައިވެރިވުމުގެ ކިޔުއާރު ކޯޑު --