ވިސާ ނެތި ތ. ވޭމަންޑޫގައި ދިރިއުޅެމުން ދިޔަ ފްރާންސްގައި އާއިލާ މިދިޔަ މަހު ރާއްޖެއިން ފޮނުވާލާފައިވާ ކަމަށް އިމިގްރޭޝަނުން މިއަދު ބުނެފިއެވެ.
އިމިގްރޭޝަނުން މީގެ ކުރިން ބުނެފައިވާ ގޮތުގައި ރާއްޖޭގައި ވިސާ ނެތި ދިރިއުޅޭތާ 12 ވަރަކަށް އަހަރުވެފައިވާ ހަތް މީހުންގެ އެ އާއިލާގެ މައްސަލަ އިމިގްރޭޝަނުގެ ސަމާލުކަމަށް އައިސް، އެ މީހުން ފޮނުވާލަން ނިންމީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 12 ވަނަ ދުވަހުއެވެ.
އެނގިފައިވާ ގޮތުގައި އެ އާއިލާ ވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހު ރާއްޖެއިން ފުރުވާލައިފައެވެ. ނަމަވެސް އެ މީހުން ދިޔައީ ކޮން ގައުމަކަށްކަން ސާފެއް ނޫނެވެ.
ފްރާންސްގެ އާއިލާ ރާއްޖެ އައިސް ފުރަތަމަ އުޅުނީ ގދ. ތިނަދޫގައެވެ. އޭގެ ފަހުން ލ. އަތޮޅުގައި އުޅުމަށް ފަހު ތ. ތިމަރަފުއްޓަށް ބަދަލުވިއެވެ. އެ ރަށުގައި ސައީދުގެ އާއިލާއިން ދެ އަހަރެއްހާ ދުވަހު އުޅުނެވެ. އެންމެ ފަހުން އެ އާއިލާ އުޅުނީ ވޭމަންޑޫގައެވެ.
ވޭމަންޑޫގައި ސައީދުގެ އާއިލާއިން ކާންބޯން ކުރި މަސައްކަތްތަކީ މަސްވެރިކަމެވެ.
އިމިގްރޭޝަންގެ ގާނޫނު ބުނާ ގޮތުން، ވިސާގެ މުއްދަތަށް ވުރެ އިތުރަށް މަޑުކޮށްފި ނަމަ އަނބުރާ ދެވޭނީ ޖޫރިމަނާ ފައިސާ ދެކުމުންނެވެ. އެއް ދުވަސް ވެސް އިތުރަށް މަޑުކޮށްފި ނަމަ، އެ ޖޫރިމަނާ ފެށެނީ 15،000 ރުފިޔާއިންނެވެ. ވަކި މުއްދަތެއް ވެއްޖެ ނަމަ، ލީގަލް އިން މައްސަލަ ބެލުމަށްފަހު، ރާއްޖެ ނާދެވޭ ގޮތަށް ޑީޕޯޓު ކޮށްލައެވެ.
މޯލްޑިވްސް އިމިގްރޭޝަން
މޯލްޑިވްސް އިމިގްރޭޝަން
މޯލްޑިވްސް އިމިގްރޭޝަން
މޯލްޑިވްސް އިމިގްރޭޝަން