އިންޑިއާގެ އެކްޓަރު ހަރްޝްވަރުދަން ރާނޭ ވަނީ ޕާކިސްތާނުގެ އެކްޓްރެސް މަވްރާ ހޮކާނޭއަށް ހަރުކަށި ރައްދެއް ދީފައެވެ.

މި ހާދިސާ ހިނގަން ދިމާވީ "ސަނަމް ތޭރީ ކަސަމް" ގެ ދެވަނަ ބައިގައި އޭނާ ބައިވެރި ނުވާނެ ކަމަށް ބުނުމުން އެއީ "ޕީއާރު ސްޓްރެޓެޖީ" އެއް ކަމަށް މަވްރާ ބުނުމާ ގުޅިގެންނެވެ.

މަވްރާ ގެ އިންސްޓަގްރާމް ސްޓޯރީ —

ހަރްޝްވަރްދަން އޭނާގެ އިންސްޓަގްރާމުގައި ބުނި ގޮތުގައި މަވްރާގެ ވާހަކަތަކުގައި ވަރަށް ގިނަ ނަފުރަތް އެކުލެވެއެވެ. އަދި އޭނާގެ ގައުމުގެ އިއްޒަތާއި ގަދަރަށް އަރައިގަތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް ބުނެފައިވެއެވެ. މަވްރާ ވަނީ އިންޑިއާގެ އޮޕަރޭޝަން ސިންދޫރް އަކީ "ފިނޑި" އަމަލެއް ކަމަށް ބުނެފައެވެ.

ހަރްޝްވަރުދަން ގެ އިންސްޓަގްރާމް ސްޓޯރީ —

ސަނަމް ތެރީ ކަސަމް" އަކީ ދެ ތަރިންގެވެސް ފުރަތަމަ ހިންދީ ފިލްމެވެ.

މި ބަހުސް ފެށުނީ އިންޑިއާ އާއި ޕާކިސްތާން ދާދި ފަހުން ފެށި ހަނގުރާމައިގެ ސަބަބުންނެވެ. މި ބަހުސާ ގުޅިގެން "ސަނަމް ތޭރީ ކަސަމް" ގެ ދެވަނަ ބައި އަންނާނެ ކަމާމެދު މިހާރު ވަނީ ސުވާލު އުފެދިފައެވެ.