ކަޝްމީރު މައްސަލަ ހައްލުކުރަން މަސައްކަތް ކުރައްވަން ބޭނުންފުޅު ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
އިންޑިއާ އާއި ޕާކިސްތާނާ ދެމެދު އުފެދިފައިވާ ބޯޑަރު ސަރަހައްދުގެ ހަގީގީ މައްސަލަ ގުޅެނީ ކަޝްމީރާ ކަން ފާހަގަކުރައްވައި ޓްރަމްޕް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ވިދާޅުވީ ދެ ގައުމުން ވެސް ބޭނުންވަނީ ކަޝްމީރު ކަމަށެވެ. އެހެންކަމުން އެ ދެގައުމާ ގުޅިގެން، އެ މައްސަލަ ހައްލުކުރާން ބޭނުންފުޅު ކަމަށެވެ.
ޓްރަމްޕް ވިދާޅުވީ، އެތައް ހާސް އަހަރެއް ވެފައިވާ ކަޝްމީރު މައްސަލަ ހައްލުކުރާނެ ގޮތެއް ހޯދުމަށް ދެ ގައުމާއެކު ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށެވެ.
ޓްރަމްޕް ވިދާޅުވީ، ކަޝްމީރުގެ އަސްލު މައްސަލަ ފެންމަތިވެފައިވަނީ 1947 ވަނަ އަހަރު ކަޝްމީރުން އިނގިރޭސިން ފޭބުމަށްފަހު އިންޑިއާ އާއި ޕާކިސްތާނުން އެ ސަރަހައްދު ހޯދުމަށް ފެށި ހަނގުރާމަތަކުން ކަމަށެވެ.
މިހާތަނަށް އިންޑިއާ އާއި ޕާކިސްތާނުން ކަޝްމީރު ސަރަހައްދުގައި ތިން ހަނގުރާމައެއް ކޮށްފައިވާއިރު ދެ ގައުމުންވެސް ބޭނުން ވަނީ ކަޝްމީރު އެއްކޮށް ވެރިކުރުމަށެވެ.
މުހައްމަދު އައުޒަމް
ކުޅިވަރު
ކީލިއާން އެމްބާޕޭ
އިންޑިއާ
އެމެރިކާ