ހ. ފެންޓެނޯއީން ޖެހިގެން ހުރި ގުދަނެއްގެ ފުރާޅުމައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގައި ހައްޔަރުކުރި ރައުދު އަހުމަދު ޒިލާލް 21ގެ ބަންދަށް އިތުރު ދިހަ ދުވަސް ޖަހައިފިއެވެ.
މިއީ ރައުދުގެ މުއްދަތު ޖެހި ތިންވަނަ ފަހަރެވެ. އެގޮތުން ފުރަތަމަ ފަހަރު ފަސް ދުވަހަށް އަދި ދެ ވަނަ ފަހަރު ރައުދުގެ ބަންދަށް ދިހަ ދުވަސް ޖަހައިފައިވެއެވެ.
ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ އޭޕްރީލް މަހުގެ 24 ވަނަ ދުވަހު އެވެ.
މި މައްސަލައާ ގުޅިގެން ރައުދު މީގެ ކުރިންވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ޔޫރީން ސާމްޕަލް ނަގައިފައެވެ. އޭރު އޭނާ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސްއަށް ވަނީ ޕޮޒިޓިވެފައެވެ.
ފުލުހުން ވަނީ ޔުމްނު ވެއްޓުމުގައި ރައުދުގެ ބައިވެރިވުން އޮތް ކަމަށް ބެލެވޭ ކަމަށް ތުހުމަތުކޮށްފައެވެ.
މީގެ އިތުރުން އެ ހާދިސާ ހިނގި ވަގުތު އޭނާގެ މަސްތުގެ ހާލަތުގައި ހުރުމާއި ޖިންސީ ބޭނުންހިފުމުގެ ކުށަށް އަރައިގަތުމުގެ ތުހުމަތު ވެސް އޭނާގެ މައްޗަށް ކޮށްފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކްރިމިނަލް ކޯޓް
އިގްތިސޯދު
ކުށް