ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުޑަކުދިންނަށް ހާއްސަ ޑެބިޓް ކާޑެއް ތައާރަފްކޮށްފިއެވެ.

ޖެން ހޮޓެލްގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ސްޓޫޑަންޑް ކާޑު ތައާރަފްކޮށްދެއްވީ ބީއެމްްއެލްގެ ޗެއާޕާސަން މުހައްމަދު އަލީ ހަބީބް އާއި ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ އަހުމަދު ޝަރީފުގެ އިތުރުން ހަފުލާގައި ބައިވެރިވި ގިނަ އަދަދެއްގެ ދަރިވަރުންނެވެ.

އެ ރަސްމިއްޔާތުގައި ޝަރީފް ވިދާޅުވީ ކުޑަކުދިންގެ މުނާސަބަތާ ގުޅުވައިގެން މިއަދަކީ ސްޓޫޑަންޓުންނަށް ކާޑެއް ތައާރަފު ކުރާ ތާރީހީ ދުވަހެއް ކަމަށެވެ.

ޝަރީފް ވިދާޅުވީ، ދުނިޔޭގެ ޕޭމަންޓު ސިސްޓަމަށް އައި ބާރު ސްޕީޑު ރާއްޖޭގެ ޕޭމަންޓު ސިސްޓަމަށް އައިސްފައި ނެތް ނަމަވެސް ކުރިޔަށް އޮތް ފަސް އަހަރު ތެރޭގައި ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޑިޖިޓަލް ޕްލޭނިިން ނިޒާމާ، ރާއްޖެ އަރާ ހަމަކުރާނެ ކަމަށެވެ.

8 މެއި 2025: ބީއެމްއެލްއިން ސްޓޫޑަންޓް ކާޑު ތައާރަފްކޮށްފި އިން ސްޓޫޑަންޓް ކާޑު ތައާރަފްކުރުން --- ވަންފޮޓޯ/ ފާތިމަތު ލިޔުޝާ

" އުންމީދަކީ ރޭގައި ލޯންޗު ކުރެވިގެންދިޔަ މޯލްޑިވްސް 2.0 ޑިޖިޓަލް ފާސްޓް ނޭޝަނެއްގެ ގޮތުގައި ރާއްޖެ ތަރައްގީވެގެންދާ އިރު، އެއްފަރާތުން އަނެއްފަރާތަށް ބަދަލުކުރެވޭ މުއާމަލާތް އެއް ނިޒާމެއްގެ ތެރެއިން ލިބިގެންދާ އިރު މީގެން އެންމެ ބޮޑު ކުރިއެރުމެއް ލިބިގެންދާނެ އެއްފަރާތަކީ ބޭންކިން އަދި ޕޭމަންޓްސް. މިގޮތުން އަހަރު ކުރާ ހަރަދު 0.5 އިން ސައްތަ ކޮންމެ ކުއްޖެއްގެ އެކައުންޓަށް ބޭންކުން ޖަމާކޮށްދޭނެ. މިއީ މާޅި މިނިވަންކަމާ ދިމާލަށް އެކުދިންއަޅާނެ ފުރަތަމަ ފިޔަވަޅު،" އޭނާ ވިދާޅުވިއެވެ.

ދެ އުމުރުފުރާއަކަށް ބަހާލައިގެން ސްޓޫޑެންޓް ކާޑު ފަރުމާކޮށްފައިވަނީ ދެ ޑިޒައިނަކަށެވެ. އެއީ އުމުރުން ހަތް އަހަރާއި 12 އަހަރާ ދެމެދުގެ ކުދިންނަށް އަދި 13 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށެވެ.

ބެލެނިވެރިންގެ ބީއެމްއެމްއެލް މޮބައިލް ބޭންކިން އެޕް މެދުވެރިކޮށް މި ކާޑަށް އެދި ހުށަހަޅޭނެއެވެ. ކާޑު ފްރީޒްކުރުމާއި އަންފްރީޒްކުރުން އަދި ބްލޮކްކޮށް ޕިން ބަދަލުކުރުން ފަދަ ހިދުމަތްތައް އެޕް މެދުވެރިކޮށް ބެލެނިވެރިންނަށް ކުރެވޭނެއެވެ.

ސެކިއުރިޓީ އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން އޮންލައިން އަދި މަތީ އަދަދުތަކުގެ މުއާމަލާތްތަކަށް ބެލެނިވެރިންގެ ރަޖިސްޓާކޮށްފައިވާ ފޯނު ނަންބަރަށް ވަން ޓައިމް ޕާސްވޯޑް (އޯޓީޕީ) ބޭންކުން ފޮނުވާނެއެވެ.

"ކުރިޔަށް އޮތް ތަނުގައި ފިޒިކަލީ މިހާރު ބޭނުންކުރާ ކާޑު އެއްގޮތަކަށްވެސް ބޭނުންކުރަން ނުޖެހުމަކީ އެކަށީގެންވާ ކަމެއް. ދުނިޔޭގެ އެހެން ބައެއްް ގައުމުތަކުގައި އަތް ތިލަ ނުވަތަ ފޭސް ނުވަތަ ވޮއިސް ރިކޮގްނިޝަން ބޭނުންކޮށްގެން ފައިސާގެ މުއާމަލާތްކުރުން ފަދަ ފަސޭހަގޮތްތައް ހިމެނޭނެ. މިއަދު މި ތައާރަފްކުރާ ސްޓޫޑަންޓް ކާޑު، ކުދިންގެ ސްކޫލު ދައުރު ނިމުމުގެ ކުރިން ރާއްޖޭގައިވެސް މި ފަދަ ނިޒާމުތައް ގާއިމްވެގެންދާނެ،" ޝަރީފް ވިދާޅުވިއެވެ.