ގދ. ވާދޫގައި ހުންނަ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އޭޓީއެމްއަށް ފިހިގަނޑެއް ބޭނުންކޮށްގެން ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން މީޑިއާތަކަށް މިއަދު ބުނީ ވާދޫގައި ހުންނަ އޭޓީއެމްއަށް ގެއްލުންދީފައިވާ މައްސަލައެއް މިއަދު ހެނދުނުގެ ވަގުތެއްގައި ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މި މައްސަލަ ތަހުގީގުކުރަމުންދާ ފުލުހުން ބުންޏެވެ. ނަމަވެސް މި މައްސަލައިގައި މީހަކު ހައްޔަރުކުރި ކަމެއް ފުލުހުން ބުނެފައެއް ނުވެއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކާއި ފޮޓޯތަކުން ފެންނަ ގޮތުގައި އޭޓީއެމްއަށް ގެއްލުން ދިނުމަށް ބޭނުންކޮށްފައިވަނީ ފިހިގަނޑެކެވެ.
ކޮމެންޓް