ލީގު ނުފެށި ލަސްވެގެން ދިޔުމާއެކު އެފްއޭއެމްއިން ރާވާ އިންތިޒާމުކުރަމުންދާ އެފްއޭއެމް ލީގު ކަޕް 2025 ގައި މިއަދު ހަވީރު ކުޅުނު މެޗުގައި މަހުބަދޫ ސްޕޯޓްސް ކްލަބު ކައިރިން އޮޑި ސްޕޯޓްސް ކްލަބު މޮޅުވެއްޖެއެވެ.
ގައުމީ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗަކީ މަހިބަދޫން މުބާރާތުގައި ކުޅުނު ފުރަތަމަ މެޗެވެ. މަހިބަދުއަށް ނިސްބަތްވާ ވަރުގަދަ ޓީމަކާއެކު އެޓީމުން މުބާރާތަށް ނުކުމެފައިވާ އިރު، މިއަދުގެ މެޗުގައި އެޓީމު އޮޑި ކައިރިން ބަލިވީ 6-0 ގެ ނަތީޖާއަކުންނެވެ.
އޮޑިން މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ޓީސީ ކައިރިން ގޯލެއް ނުޖެހި އެއްވަރުވެފައިވާ އިރު، މިއަދުގެ މެޗުގެ ފުރަތަމަ ހާފުގައި އެޓީމުން ތިން ގޯލު ޖެހިއެވެ. އެ ގޯލުތައް ޖެހީ އިސްލާމް ފިކްރީއާއި އިސްމާއީލް ވިފާގެވެ. ވިފާގު ވަނީ ފުރަތަމަ ހާފުގައި ދެ ގޯލު ޖަހައިފައެވެ.
ދެވަނަ ހާފުގައި އޮޑިން ޖެހި ތިން ގޯލުގެ ތެރެއިން ދެ ގޯލު، މުޒްދާން ހަސަން ޖެހި އިރު، އަނެއް ގޯލު ޖެހީ ހައިސަމް ރަޝީދެވެ.
އެފްއޭއެމް ލީގު ކަޕް
އެފްއޭއެމް ލީގު ކަޕް
އެފްއޭއެމް ލީގު ކަޕް
އެފްއޭއެމް ލީގު ކަޕް