ދެ ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި މީހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން މިއަދު ބުނީ އެ އެކްސިޑެންޓް ހިނގާފައިވަނީ މިއަދު 17:25 އެހާކަންހާއިރު ބޮޑުތަކުރުފާނު މަގުގައި ކަމަށެވެ.
އެ އެކްސިޑެންޓް ހިނގަން މެދުވެރިވީ ދުވާ ޓްރެކް ކައިރިން އިރުން ހުޅަނގަށް ދަތުރުކުރަމުންދިޔަ ދެ ސައިކަލެއް ޖެހިގެން ކަމަށް ފުލުހުން ބުންޏެވެ.
"މި އެކްސިޑެންޓުގައި އަނިޔާވި މީހާއަށް ފަރުވާ ދިނުމަށްޓަކައި އައިޖީއެމްއެޗަށް ގެންގޮސްފައިވޭ،" ފުލުހުން ބުންޏެވެ.
އެ އެކްސިޑެންޓުގެ މައްސަލަ ތަހުގީގުކުރަމުންދާކަމަށް ފުލުހުން ބުންޏެވެ.
މުހައްމަދު އިޝާން
މަގުމަތީގެ އެކްސިޑެންޓް
މަގުމަތީގެ އެކްސިޑެންޓް
މަގުމަތީގެ އެކްސިޑެންޓް
މަގުމަތީގެ އެކްސިޑެންޓް