ސިނަމާލެ ބުރިޖުގެ ހާލަތު އަދިވެސް ވަރަށް ރަނގަޅު ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައެޅި އާ ސަފީރު ކޮންގް ޝިއަންހު މިއަދު ވިދާޅުވެއްޖެއެވެ.
ސަފީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސިނަމާލެ ބުރިޖުގެ އިންސްޕެކްޝަންގެ މަސައްކަތުގައި އުޅޭ ޒުވާން ޓީމާ މިއަދު ބައްދަލުކުރައްވާފައިވާ ކަމަށާއި ސިނަމާލެ ބުރިޖަށް ހަތް އަހަރުވީިއިރުވެސް އެ ބުރިޖުގެ ހާލަތު ވަރަށް ރަނގަޅު ކަން އެނގިފައިވާ ކަމަށެވެ.
ސަފީރު ވިދާޅުވީ ސިނަމާލެ ބުރިޖުގެ ހާލަތު އަދިވެސް ރަނގަޅީ އެތަން އިންސްޕެކްޓުކޮށް، ބެލެހެއްޓުމުގައި ޗައިނާގެ ޕްރޮފެޝަނަލް ޓީމެއް މަސައްކަތްކުރާތީ ކަމަށެވެ.
ސަފީރު ވިދާޅުވީ، އުންމީދަކީ ދިވެހި ޒުވާނުން ގާބިލު އިންޖިނިއަރުންގެ ގޮތުގައި ކުރިއަރައި، ބުރިޖު މެއިންޓަނަންސްގެ މަސައްކަތާ ހަވާލުވުން ކަމަށެވެ.
ސިނަމާލެ ބުރިޖު ބޭނުންކުރަން ފަށާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 30 އޮގަސްޓު 2018 ގައެވެ.
ގާތްގަނޑަކަށް 200 މިލިއަން ޑޮލަރު ސިނަމާލެ ބުރިޖަށް ހަރަދުވި އިރު، އޭގެ ތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާގެ ހިލޭ އެހީއެވެ. އެ ގައުމުން ލޯނެއްގެ ގޮތުގައި 72 މިލިއަން ޑޮލަރު ދިން އިރު، ދިވެހި ސަރުކާރުން އެ މަޝްރޫއަށް ހަރަދުކުރީ 12 މިލިއަން ޑޮލަރެވެ.
ސިނަމާލެ ބުރިޖުގެ މެއިންޓެނަންސް ކަންކަން ބަލަހައްޓަނީ އެ ބުރިޖު ހެދި ޗައިނާގެ ސީސީސީސީ ކުންފުނިންނެވެ.
ސިނަމާލެ ބްރިޖް
ސިނަމާލެ ބްރިޖް
ސިނަމާލެ ބްރިޖް
ސިނަމާލެ ބްރިޖް