އިންޑިއާގެ ގުޖުރާތަށް މޫސުން ގޯސްވެ 14 މީހަކު މަރުވެއްޖެއެވެ.
ވޭތުވެދިޔަ ދެ ދުވަސްތެރޭ އިންޑިއާގެ ގުޖުރާތަށް މޫސުން ގޯސްވެ ބޯކޮށް ވާރޭވެހުމުގެ އިތުރުން ބައެއް ސަރަހައްދުތަކަށް ހޮނުއަޅައި ހިނގި ހާދިސާތަކުގައި އެކި ސަރަހައްދުތަކުން ޖުމްލަ 14 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އޮފިޝަލުން ވަނީ ގުޖުރާތުގެ ކެދާ ޑިސްޓްރިކްޓުން ހަތަރު މީހަކު މަރުވެފައިވާ ކަމަށާއި ވަދޯދަރާ ޑިސްޓްރިކްޓުން ތިން މީހުންގެ އިތުރުން އަހުމަދު އާބާދާއި ދަހޯދް އަދި އަރަވައްލީގެ ކޮންމެ ޑިސްޓްރިކްޓަކުން ދެ މީހުން މަރުވެފައިވާ ކަމަށް ބުނެފައެވެ.
އޮފިޝަލުން ވަނީ ގުޖުރާތުގެ އަނަންދުން އެކަކު މަރުވެފައިވާކަން ވެސް ފާހަގަކޮށްފައެވެ.
މަރުވި މީހުންގެ ތެރެއިން ތިން މީހަކު މަރުވެފައިވަނީ ހޮނު އެޅުމުގެ ސަބަބުން ކަމަށާއި ހަތަރު މީހުން ވެއްޓުނު ގަސްތަކުގައި ޖެހިގެން މަރުވި ކަމަށް އޮފިޝަލުން ބުނެފައިވެއެވެ. މަރުވި ބައެއް މީހުން ކަރަންޓުގައި ޖެހުމާއި ފެންބޮޑުވެ އޮޔާގޮސްފައިވާ ކަމަށްވެސް އޮފިޝަލުން ފާހަގަކޮށްފައިވެއެވެ.
އިންޑިއާގެ މެޓުން ވަނީ ކުރިޔަށް އޮތް 24 ގަޑިއިރު ތެރޭ ވެސް ގުޖުރާތުގެ ބައެއް ސްޓޭޓްތަކަށް މޫސުން ގޯސްވެ ބޯކޮށް ވާރޭވެހި ގުގުރުމާއި ވައިގަދަވުން ފަދަ ކަންކަން ދިމާވާނެތީ އާންމުން ސަމާލުވެ ތިބުމަށް އިލްތިމާސްކޮށްފައެވެ.
މުހައްމަދު އައުޒަމް
މޫސުމް
މޫސުމް
މޫސުމް
މޫސުމް