ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ފައިމަގުގައި ވަންނަން އުޅުނު ބިދޭސީއެއް ފުލުހުން ހިފަހައްޓައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު "ވަން"އަށް ވިދާޅުވީ ވީއައިއޭއަށް ހިނގާފައިދިޔަ މީހަކު މަޑުކުރަން ފުލުހުން އެންގުމުން، މަޑުނުކޮށް ދުވެފައިދާން އުޅުމުން ހުއްޓުވައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އިންޑިއާގެ މީހެއް ކަމަށްވާ ރޯހިތު ކުމާރު 23އ. ކަމަށާއި އިތުރަށް ބެލިބެލުމުން އޭނާއަކީ ސްޕޮންސާއަށް ފިލައިގެން އުޅޭ މީހެއްކަން އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.
ފާތިމަތު ލިއުޝާ
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް