ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އެއްވެސް ހަތިޔާރެއް ގެންގުޅެފައިނުވާ ކަމަށް ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ގައްސާން މިހެން ވިދާޅުވީ، ހަތިޔާރާއެކު ރާއްޖޭގައި އެތައްހާސް ސިފައިންނެއް ތިބިކަމަށް ވިދާޅުވެ، މިހާރުގެ ސަރުކާރުން ވެރިކަމަށް އައިއިރު ރާއްޖޭގައި އިންޑިއާ ސިފައިން ތިބީ ހަތިޔާރާއެކުތޯ، ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު މިއަދު ވިދާޅުވީ، ރާއްޖޭގައި އޭރު ހަރަކާތްތެރިވި އިންޑިއާ ސިފައިން އެއްވެސް ހަތިޔާރެއް ގެންގުޅެފައި ނުވާ ކަމަށެވެ.
ރާއްޖޭގައި އޭރު ތިބި އިންޑިޔާ ސިފައިންގެ އަދަދު ވެސް މިނިސްޓަރު މިއަދު ވަނީ ވިދާޅުވެފައެވެ.
މިނިސްޓާރު ވިދާޅުވީ، އިންޑިއާގެ 74 ސިފައިން އޭރު ރާއްޖޭގައި ތިބި ކަމަށެވެ.
ނަމަވެސް އިންޑިއާ ސަރުކާރުން އެ އެންމެން އަނބުރާ ގެންގޮސްފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވެއްޖެއެވެ.
އެ ސުވާލާ ގުޅިގެން ގައްސާން ވިދާޅުވީ، ރާއްޖޭގައި އޭރު ހަރަކާތްތެރިވި ހުރިހާ ސިފައިންނެއް ދެގައުުމުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ ތެރެއިން އިންޑިއާ ސަރުކާރުން އަނބުރާ ގެންގޮސްފައިވާ ކަމަށެވެ.
އިންޑިއާއިން ގެންދިޔަކަމަށް މިނިސްޓަރު ވިދާޅުވި ސިފައިންގެ އަދަދު:
ހދ. ހަނީމާދޫން، ހަތެއް އޭޕްރީލް 2024 ގައި 12 ސިފައިން
ނުވައެއް އޭޕްރީލް 2024 ގައި 13 ސިފައިން
ލ.ކައްދޫން، ހަތެއް މެއި 2024 ގައި 13 ސިފައިން
ނުވައެއް މެއި 2024 ގައި 12 ސިފައިން
އައްޑޫސިޓީން، ހަތެއް މާޗް 2024 ގައި 12 ސިފައިން
ނުވައެއް މާޗް 2024 ގައި 12 ސިފައިން
މިނިސްޓަރު ވިދާޅުވީ، އެ ހުރިހާ ސިފައިން އިންޑިއާއިން އަނބުރާ ގެންދިޔައީ، ދެގައުމުގެ ދެމަދުގައި އޮތް ގާތް ގުޅުމުގެ ތެރެއިން ކަމަށެވެ. އަދި މިހާރު އެއްވެސް ގައުމެއްގެ އަސްކަރިއްޔާއެއް ރާއްޖޭގައި ނޯންނާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
އިބްރާހިމް ޒަކީ
ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން
ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން
ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން