ޑިފެންސް މިނިސްޓަރުގެ މަގާމުން ގައްސާން މައުމޫން މިއަދު އިސްތިއުފާ ދެއްވައިފިއެވެ.
ޑިފެންސް މިނިސްޓަރުކަމުން ގައްސާން އިސްތިއުފާ ދެއްވާފައިވާކަން "ވަން" އަށް ވަނީ ކަށަވަރުވެފައެވެ. އިސްތިއުފާގެ ސިޓީ ހުށަހަޅުއްވާފައިވަނީ މިއަދު ހެނދުނެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު، ގައްސާން ޑިފެންސް މިނިސްޓަރަކަށް އައްޔަންކުރެއްވީ މި ސަރުކާރުގެ ފުރަތަމަ ދުވަހު، 17 ނޮވެމްބަރު 2023ގައެވެ.
ގައްސާނާއެކު މިއަދު ވަނީ 10 މިނިސްޓަރަކު އިސްތިއުފާ ދެއްވައިފައެވެ.
އެގޮތުން ފޮރިން މިނިސްޓަރު ޑރ. އަބުދުﷲ ހަލީލާއި ޓޫރިޒަމް އަދި އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމާއި ހެލްތު މިނިސްޓަރު އަބްދުالله ނާޒިމާއި ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރާއި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރާއި ދިވެހި ލޭންގުއޭޖް، ކަލްޗާ އެންޑް ހެރިޓޭޖު މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް އާއި އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރު މަރިޔަމް މާރިޔާގެ އިތުރުން ޖެންޑާ މިނިސްޓަރު ޑރ. އައިޝަތު ޝިހާމް އަދި ޔޫތް މިނިސްޓަރު އިބްރާހިމް ވަހީދެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓްގެ 10 މިނިސްޓަރުން މިއަދު އިސްތިއުފާ ދެއްވާފައިވާ އިރު، ސަރުކާރުގެ ބައެއް ކުންފުނިތަކުގެ އިސްވެރިންވެސް ވަނީ މި ހަފުތާ ތެރޭ އިސްތިއުފާ ދެއްވައިފައެވެ.
ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން
ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން
ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން