ކަޅުތުއްކަލާކޮށީގައި ކުރިއަށްގެންދާ މަޝްރޫއުއާއެކު ސިފައިންގެ އެކޮމޮޑޭޝަންގެ މައްސަލައަށާއި އިދާރީ ހިންގުމަށް ފަސޭހަވެގެންދާނެ ކަމަށް ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ގައްސާން ރޭ ވިދާޅުވީ ސިފައިންގެ ހިދުމަތުގެ އުމްރާނީ ތަރައްގީއަށް ބަލާއިރު ސިފައިންގެ އިމާރާތްތަކާއި ލޮޖިސްޓިކްއާއި އިދާރީ ހިންގުމަށް ބޭނުންވާ އިމާރާތްތަކުގެ އިތުރުން އެކޮމަޑޭޝަން އިމާރާތްތަކުގެ ހާލަތު ހުރީ ހިތްހަމަޖެހޭ ފެންވަރަކަށް ނޫން ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، މާލެ ސަރަހައްދަކީ އެންމެ ގިނަ ސިފައިން ގާއިމުވެ ތިބޭ ސަރަހައްދުކަމުން، ކަޅުތުއްކަލާކޮށީގައި ކުރިއަށްގެންދާ މަޝްރޫއުއާއެކު ސިފައިންނަށް ފަސޭހައިން މާލެ ސަރަހައްދުގައި ދިރިއުޅެވޭނެ ފުރުސަތު ފަހިވާނެ ކަމަށެވެ.
"މިއަހަރު ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަޅުތުއްކޮލާކޮށީގައި ކުރިއަށްގެންދާ މަޝްރޫއުގެ ސަބަބުން މިފަދަ މައްސަލަތަކަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ. ސިފައިންގެ އެކޮމަޑޭޝަންގެ މައްސަލައަށާއި އިދާރީ ހިންގުމަށާއި ލޮޖިސްޓިކްއަށް ބޮޑުތަނުން ފަސޭހަތަކެއް ލިބިގެންދާނެ،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ސިފައިންގެ މަރުކަޒުތައް ތަރައްގީކުރާނީ ސިފައިންގެ ސާވިސް ކޯގެ މިލިޓަރީ އިންޖިނިއާސްގެ ބެލުމުގެ ދަށުން އެ ބޭފުޅުންގެ ރިކުއާމަންޓަށް އެންމެ ޒަމާނީ ގޮތަކަށް ކަމަށެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، މިއަހަރު ގިރިފުށީގެ ޓްރެއިނިން ސެންޓަރު އަލުން ޒަމާނީ ޓްރެއިނިން ސެންޓަރަކަށް ބަދަލުކުރުމުގެ މަސައްކަތް ފައްޓަވާނެ ކަމަށެވެ. އެގޮތުން އެކަމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ޖޫން މަހުގެ ކުރިން ނިންމާނެ ކަމަށް ވިދާޅުވިއެވެ.
އަލީ ޔާމިން
ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން
ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން
ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން