މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން އަސްކަރީގޮތުން ރާއްޖެއަށް އެއްވެސް ނުރައްކަލެއް އޮތްކަަމަށް ނުދައްކާ ކަަމަށް ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެދާނެ ދަތިތަކާއި އެހެން ކަންކަން ހައްލުކުރުމަށާއި، ފިޔަވަޅުތައް އެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އުފައްދަވާފައިވާ މިނިސްޓަރުންގެ ހާއްސަ ކޮމިޓީން ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގައްސާން ވިދާޅުވީ، ހަނގުރާމަ ފެށުނު ދުވަހުން ފެށިގެން، ހަނގުރާމައިގެ އެއްވެސް ބޭނުމަކަށް އެއްވެސް ގައުމަކަށް ރާއްޖޭގެ ވަޔާއި ކަނޑާ އަދި އެއްވެސް ސަރަހައްދެއް ނުދޭގޮތަށް ސަރުކާރުން ނިންމި ނިންމުމާ އެއްގޮތަށް މިއަދުވެސް ތިބި ކަމަށެވެ.
މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް އަސްކަރީގޮތުން މިވަގުތު އެއްވެސް ނުރައްކަލެއް އޮތްކަަމަށް ނުފެންނަ ކަަމަށްވެސް ގައްސާން ވިދާޅުވިއެވެ.
މިދިޔަ މަހުގެ 28 އިން ފެށިގެން އެމެރިކާ އާއި އިޒްރޭލް އިސްވެ އޮވެ އީރާނަށް ދޭން ފެށި ހަމަލާތަކާ ގުޅިގެން މުޅި މެދުއިރުމައްޗަށް ހަނގުރާމަ ފުޅާވެފައިވާ އިރު، އިގުތިސާދީގޮތުންނާއި އެހެނިހެން ގޮތްގޮތުން މުޅި ދުނިޔެއަށް ވަނީ ބޮޑެތި ދަތިތަކެއް ކުރިމަތިވެފައެވެ.
އެކަމުގެ ސަބަބުން ރާއްޖެއަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން ދަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންނެވެ.
އިބްރާހިމް ޒަކީ
ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން
ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން
ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން