ރާއްޖޭގައި ތިބީ އިންޑިއާގެ 74 ސިފައިން ކަމަށާއި އެ އެންމެން އަނބުރާ ގެންގޮސްފައިވާ ކަމަށް ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
ގައްސާން މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، އިދިކޮޅު އެމްޑީޕީގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މެންބަރު، ގައްސާނާ ސުވާލު ކުރެއްވީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ގެއްލުންވާގޮތަށް އިންޑިއާގެ އެތައްހާސް ސިފައިން ރާއްޖޭގައި ތިބިކަމަށާއި އެ އެންމެން ފޮނުއްވާލައްވާނެ ކަމަށް ވިދާޅުވެ، ވެރިކަމަށް ވަޑައިގެން އެ އެންމެން ފޮނުވާލައްވާފައިވޭތޯ އޮޅުންފިލުއްވުމަށެވެ.
އެ ސުވާލާ ގުޅިގެން ގައްސާން ވިދާޅުވީ، ރާއްޖޭގައި އޭރު ހަރަކާތްތެރިވި ހުރިހާ ސިފައިންނެއް ދެގައުުމުގެ ދެމެދުގައި އޮތް ގާތް ގުޅުުމުގެ ތެރެއިން އިންޑިއާ ސަރުކާރުން އަނބުރާ ގެންގޮސްފައިވާ ކަމަށެވެ.
އިންޑިއާއިން ގެންދިޔަ ކަމަށް މިނިސްޓަރު ވިދާޅުވި ސިފައިންގެ އަދަދު:
- ހދ. ހަނީމާދޫން، ހަތެއް އޭޕްރީލް 2024 ގައި 12 ސިފައިން
- ނުވައެއް އޭޕްރީލް 2024 ގައި 13 ސިފައިން
- ލ.ކައްދޫން، ހަތެއް މެއި 2024 ގައި 13 ސިފައިން
- ނުވަ އެއް މެއި 2024 ގައި 12 ސިފައިން
- އައްޑޫ ސިޓީން، ހަތެއް މާޗް 2024 ގައި 12 ސިފައިން
- ނުވައެއް މާޗް 2024 ގައި 12 ސިފައިން
މިނިސްޓަރު ވިދާޅުވީ، އެ ހުރިހާ ސިފައިން އިންޑިއާއިން އަނބުރާ ގެންދިޔައީ، ދެގައުމުގެ ދެމަދުގައި އޮތް ގާތް ގުޅުމުގެ ތެރެއިން ކަމަށެވެ. އަދި މިހާރު އެއްވެސް ގައުމެއްގެ އަސްކަރިއްޔާއެއް ރާއްޖޭގައި ނޯންނާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
އިބްރާހިމް ޒަކީ
ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން
ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން
ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން