ބޯހިޔާވަހިކަމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެ، އިތުރަށް ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ގެދޮރުވެރިކަމުގެ ކޮމިޓީއަށް ފޮނުވައިފިއެވެ.
ސަރުކާރުގެ ފަރާތުން މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ، މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދެވެ.
މި ބިލުގެ ބޭނުމެއްކަމަށް ބިލުގައި ބުނެފައިވަނީ، ރާއްޖޭގެ ހުރިހާ ދިރިއުޅުމުގެ ބޭނުންތަކަށް ފުދޭ ރައްކާތެރި އަދި އެކަށީގެެންވާ ބޯހިޔާވަހިކަމަކަށް ވާސިލުވުމަށް ހުރި ފުރުސަތުތަކުގެ ބޭނުން، ފަސޭހަކަމާއެކު ހިފޭނެ ބޯހިޔާވަހިކަމުގެ ނިޒާމެއް ގާއިމުކުރުން ކަމަށެވެ.
އެ ނިޒާމުގެ ދަށުން، ބޯހިޔާވަހިކަމަަށް އެންމެ ބޭނުން ޖެހިފައިވާ ފަރާތްތަކަށް ދިރިއުޅޭނެ ތަންތަން ހޯދައިދިނުމަށް މަގުފަހިކޮށްދިނުމަށްޓަކައި އެފަދަ ފަރާތްތަކަށް ހާއްސަކޮށް، ބޯހިޔާވަހިކަމުގެ ޕްރޮގްރާމްތައް ހިންގުމުގެ އުސޫލުތައް ކަނޑައެޅުންވެސް މި ބިލުގެ ބޭނުމުގެ ގޮތުގައި ބިލުގައި ހިމަނާފައިވެއެވެ.
ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގާ ފަރާތްތަކުން މަޝްރޫއުތައް ހިންގަނީ ޒިންމާދާރުކަމާއެކު ދެފުށްފެންނަ ގޮތަށްތޯ ބެލުމުގެ އުސޫލުތަކެއްގެ ދަށުން ކަންކަން ކަށަވަރުކުރުމަށްޓަކައި، ބޯހިޔާވަހިކަން ފޯރުކޮށްދޭ ފަރާތްތައް ރަޖިސްޓްރީ ކުރުމާގުޅޭ އުސޫލުތަކާއި އެފަދަ މަޝްރޫއުތައް ހިންގުމުގެ އުސޫލުތައް ކަނޑައެޅުންވެސް މި ބިލުގެ ބޭނުންތަކުގެ ތެރޭގައި ހިމެނެއެވެ.
ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ދަށުން ތަރައްގީކުރާ ތަންތަނުގައި ހުންނަންޖެހޭ މިންގަނޑުތަކާއި ވަސީލަތްތައް ކަނޑައެޅުމާއި އެނޫންވެސް ކަމާގުޅޭ އުސޫލުތައް މި ބިލުގައި ވަނީ ބަޔާންކޮށްފައެވެ.
އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް