ރާއްޖޭގެ ރަށެއްގައި އާއިލީ ގުޅުން އޮންނަ ބަޔަކު ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ.

ފުލުހުން މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ބުނީ އެ މައްސަލައަކީ ނޯތު ޕޮލިސް ރީޖަން (ނ، ރ، ބ، ޅ) ގައި ހިމެނޭ ރަށެއްގައި އުމުރުން 17 އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ކަމަށެވެ. އެއީ ފިރިހެން ކުއްޖެއް ކަމެއް ނުވަތަ އަންހެން ކުއްޖެއް ކަމެއް ފުލުހުން ނުބުނެއެވެ.

އިތުބާރުކުރެވޭ މަގާމެއްގައި ތިބި ބަޔަކު އުމުރުން 17 އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި އެ މައްސަލަ ރިޕޯޓުކޮށްފައިވަނީ މިދިޔަ ޖުނުއަރީ މަހުގެ 20 ވަނަ ދުވަހު ކަމަށާއި އެ މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ގުޅުންހުރި އިދާރާތަކާއެކު އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.