ހއ. ބާރަށުގައި ސިހުރު ހަދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއެކު އެ ރަށުގައި އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

ފުލުހުން މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ބުނީ، މި މަހުގެ ފަސްވަނަ ދުވަހުގެ ހެނދުނު 7:00 އިން ފެށިގެން އެ ރަށުގައި ކުރިއަށްގެންދިޔަ އޮޕަރޭޝަންގައި އަށް ތަނެއް ބަލައި ފާސްކޮށް، މައްސަލައާ ގުޅުންހުރި ކަމަށް ބެލެވޭ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

ފުލުހުން ބުނީ، އެ މައްސަލައިގެ ތުހުމަތުގައި އަށް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، ސުވާލުކުރުމަށްފަހު ދޫކޮށްލާފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.