ހުޅުމާލެ ދެވަނަ ފޭސްގައި މިހާރު އިމާރާތް ކުރަމުންދާ އާ ސްކޫލް އިމާރާތް އަންނަ ނޮވެމްބަރު މަހަށް ނިންމައިލެވޭނެ ކަމަށް އެޑިއުކޭޝަން މިިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެމްޑީޕީގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރާ މެންބަރު ސުވާލު ކުރެއްވީ، ތައުލީމް ހާސިލް ކުރުމަށް ހުޅުމާލެ ދެވެނަ ފޭހުން އަދިވެސް ކުދިން މާލެ އަންނަމުންދާ މައްސަ ހައްލު ކުރުމަށް ކުރައްވަން ކުރިއަށްގެންދާ މަސައްކަތްތައް އޮޅުންފިލުއްވުމަށެވެ.
މިނިސްޓަރު ވިދާޅުވީ، މި ސަރުކާރުގެ ފުރަތަމަ ޕްރޮޖެކްޓްގެ ގޮތުގައި، ހުޅުމާލެ ދެވަނަ ފޭހުގެ ހިޔާ ފަލެޓްތައް ހައިރީގައި އިމާރާތް ކުރަމުންދާ ސްކޫލްގެ މަސައްކަތް އަންނަ ނޮވެމްބަރު މަހުގެ ނިޔަލަށް ނިމޭނެ ކަމަށެވެެ.
އެ ސްކޫލް ނިމުުން ތައުލީމް ހާސިލްކުރަން މާލެ ދާންޖެހޭ މައްސަލައަށް ކޮންމެސް ވަރެއްގެ ހައްލެއް ލިބޭނެ ކަމަށެވެ. ނަަމަވެސް އެއީ އެކަމަށް އޮތް ޖުމްލަ ހައްލެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، އެއީ 54 ކުލާސް ރޫމް ހިމެނޭ ސްކޫލެއް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، ދެވަނަ ފޭސްގައި މިހާރު އިމާރާތް ކުރަމުންދާ ސްކޫލްގެ އިތުރުން، ފޭސް ދޭއްގައި އިތުރު ސްކޫލަކާއި ފޭސް އެކެއްގައި އިތުރު ސްކޫލެއް އިމާރާތް ކުރުމުގެ މަސައްކަތް މިއަހަރު ފައްޓަވާނެ ކަމަށެވެ.
އިބްރާހިމް ޒަކީ
މާރާމާރީ
މާލެ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރިޕޯޓް