އުރީދޫ މޯލްޑިވްސް އިން ކަނޑުއަޑީގެ އެންމެ ބޮޑު ޕެނަލް ޑިސްކަޝަން ބާއްވައި، އުރީދޫގެ 20 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން 20 މީހުންނާއެކު ކަނޑުއަޑީގައި ރެކޯޑެއް ހަދައިފިއެވެ.
ބ. ފުޅަދޫގެ ހިތްގައިމު ކަނޑުގެ އަޑީގައި ބޭއްވި އެ ރެކޯޑް ބްރޭކިން އިވެންޓުގައި ބައިވެރިވި 20 މީހުންގެ ތެރެއިން ޕެނަލިސްޓުންގެ ގޮތުގައި ހަރަކާތްތެރިވި ފަސް ޕެނަލިސްޓުން ވަނީ ގިނިސް ވޯލްޑް ރެކޯޑު ހެދުމަށްޓަކައި ކަނޑު އަޑީގައި ކޮންމެ ޕެނަލިސްޓަކު ދެ މިނެޓަށްވުރެ ގިނައިން ވާހަކަ ދައްކައިފައެވެ.
ޕެނަލިސްޓުންގެ ގޮތުގައި ހިމެނުނީ:
- އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މިނިސްޓަރު އަހުމަދު ޝިޔާމް
- އުރީދޫ މޯލްޑިވްސްގެ ސީއީއޯ ޚާލިދު އަލް ހަމާދީ
- ބްރިގޭޑިއާ ޖެނެރަލް މުހައްމަދު ސަލީމް، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް
- އުރީދޫ މޯލްޑިވްސްގެ ޑިރެކްޓާ އޮފް އޮޕަރޭޝަންސް ޝަބީން އަލީ
- އުރީދޫ މޯލްޑިވްސްގެ ސީނިއާ މެނޭޖާ، ޓްރާންސްމިޝަން އަފްޝީން މުހައްމަދު
މީގެ އިތުރުން އެ ޕެނަލް ޑިސްކަޝަންގެ އޯޑިއަންސްގައި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ޝިއުރީ އިބްރާހީމާއި އުރީދޫގެ އިސްވެރިން އަދި ރާއްޖެއިން ބޭރުގެ މީހުން ވަނީ ބައިވެރިވެފައެވެ.
އުރީދޫން ބުނީ އެ ޕެނަލް ޑިސްކަޝަންގެ ސަބަބުން ޓެކްނޮލޮޖީއާއި އިނޮވޭޝަންއަށް އަލިއަޅުވާލެވިފައިވާ ކަމަށެވެ. އަދި އެ ކާމިޔާބީގެ ސަބަބުން އުރީދޫ މޯލްޑިވްސްގެ ދައުރަކީ ހަމައެކަނި ޓެލެކޮމްގެ ހިދުމަތްދޭ ކުންފުންޏެއް ނޫންކަން ދައްކުވައިދެވި، ރާއްޖޭގެ ޑިޖިޓަލް ލޭންޑްސްކޭޕް ބައްޓަން ކުރަމުން އަންނަ ޗޭންޖްމޭކަރެއްގެ ހައިސިއްޔަތުން އުރީދޫ މޯލްޑިވްސްގެ ދައުރު ވަރަށް ބޮޑަށް ފާހަގަކުރެވިފައިވާ ކަމަށް އުރީދޫން ބުންޏެވެ.
އުރީދޫ މޯލްޑިވްސްގެ ސީއީއޯ ހާލިދު އަލް ހަމާދީ ވިދާޅުވީ މިއީ ހަމައެކަނި ރެކޯޑެއް ހެދުމެއް ނޫން ކަމަށާއި މިއީ އިނޮވޭޝަންގައި އެއްވެސް ލިމިޓެއް ނެތްކަން ސާބިތުކޮށްދިނުން ކަމަށެވެ.
"ދުނިޔޭގެ އެންމެ ބޮޑު ކަނޑުއަޑީގެ ޕެނަލް ޑިސްކަޝަން ބޭއްވުމަކީ އަޅުގަނޑުމެން ފަހުރުވެރިވާ ކަމެއް. މިއީ ޓެކްނޮލޮޖީ، ހިތްވަރާއި އުފެއްދުންތެރިކަމާ ގުޅިއްޖެ ނަމަ، އަޅުގަނޑުމެން ހީކުރި މިންވަރަށް ވުރެ އިތުރަށް ގެންދެވޭނެ ކަމުގެ ރަމްޒެއް،" އުރީދޫގެ ސީއީއޯ ވިދާޅުވިއެވެ.
އުރީދޫ މޯލްޑިވްސްއަކީ ފެށުނީއްސުރެ ޓެކްނޮލޮޖީގެ ކުރިއެރުމުގައި އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ ކުންފުންޏެކެވެ. އެ ކުންފުންޏަކީ 3ޖީ، 4ޖީ އަދި 5ޖީ ބްރޯޑްބޭންޑްގެ ހިދުމަތް ރާއްޖެއަށް އެންމެ ފުރަތަމަ ތައާރަފުކޮށް، މީހުން ގުޅުވައިދީ، އުނގެނުމާއި، މަސައްކަތްކުރުމާއި، ކުރިއަރަމުން އަންނަގޮތަށް އިންގިލާބީ ބަދަލެއް ގެނެސްދިން ކުންފުންޏެވެ.
ސްމާޓް ހޯމްތަކުން ފެށިގެން އޭއައި-ޑްރިވެން ސޮލިއުޝަންތަކާ ހަމައަށް ހުރިހާ ކަމެއް ބާރުވެރިކޮށް، ޑިޖިޓަލް-ފަސްޓް ދުނިޔޭގައި ހުރިހާ ސައިޒެއްގެ ވިޔަފާރިތައް ކުރިއެރުވުމަށް މަގުފަހިކޮށްދީ، ޑިޖިޓަލް ޓްރާންސްފޯމޭޝަންގައި މިއަދު ވެސް އެ ކުންފުނިން ދަނީ އިސްކޮށް ހަރަކާތްތެރިވަމުންނެވެ.
އުރީދޫން ބުނީ ދުނިޔޭގެ މި ރެކޯޑަކީ، ކިތަންމެ ގޮންޖެހުންބޮޑު ނަމަވެސް، ހުރިހާ މާހައުލެއްގައި ވެސް އިނޮވޭޝަނަށް އުރީދޫން ދޭ އަހައްމިއްޔަތުކަން ދައްކުވައިދޭ ރަމްޒެއް ކަމަށާއި ކަނޑުގެ އަޑިން ފެށިގެން 5ޖީ ޓެކްނޮލޮޖީއާ ހަމައަށް އުރީދޫން ދެމިއޮންނާނީ އިންކްލޫސިވް، ގުޅިފައިވާ އަދި މުސްތަގުބަލަށް ތައްޔާރުވެފައިވާ ޑިޖިޓަލް މޯލްޑިވްސްއެއް ބިނާކުރުމުގެ މަސައްކަތުގައި ސާބިތުކަމާ އެކީގައި ކަމަށެވެ.
ޑިޖިޓަލީ ބަދަލުވެގެންދާ ޒަމާނަކަށް ގައުމު ވަންނަ އިރު، އުރީދޫ މޯލްޑިވްސް އިން އަންނަނީ އަމިއްލަ ފަރުދުންނާއި މުޖުތަމައުތަކާއި ސިނާއަތްތަކަށް ހުރި ފުރުސަތުތައް ހުޅުވާލާ އިތުރުކުރަމުންނެވެ. އުރީދޫގެ އިސްނެގުމާއި ޕާޓްނާޝިޕްތަކާއި ހިޔާލުތަކުގެ ޒަރިއްޔާއިން، ގުޅާލުމުގެ މާނަ އަކީ ކޮބައިކަން އަލުން ބަޔާންކުރަމުން އަންނަ އިރު، މުސްތަގުބަލުގައި ޓެކްނޮލޮޖީގެ ޒަރީއާއިން ރާއްޖެއަށް ދެވޭ އެންމެ ދުރަށް ދިއުމަށް ހިތްވަރުދޭ ކަމަށް އެ ކުންފުނިން ބުންޏެވެ.
އުރީދޫ މޯލްޑިވްސް
އުރީދޫ މޯލްޑިވްސް
އުރީދޫ މޯލްޑިވްސް
އުރީދޫ މޯލްޑިވްސް