އިންގްލެންޑް ކެޕްޓަން ހެރީ ކޭންގެ ކެރިއަރުގެ ފުރަތަމަ ތަށްޓާއެކު ބަޔާން މިއުނިކުން 34 ވަނަ ފަހަރަށް ޖަރުމަނު ލީގުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.
ބަޔާނަށް ރޭވެސް ލީގު ޔަގީން ކުރުމަށް ފުރުސަތު އޮތެވެ. އެއީ ލެއިޕްޒިގާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެގެންނެވެ. އެހެން ނަމަވެސް، އެ މެޗު ނިމުނީ ފަހުވަގުތު 3-3 އިން އެއްވަރުވެގެންނެވެ. އެ ނަތީޖާއާއެކު ބަޔާނަށް ޖެހުނީ އެޓީމުން އަންނަ ހަފުތާ ކުޅެން އޮތް މެޗުން ޕޮއިންޓެއް ހޯދައިގެން ތަށި ނެގުން، ނޫނީ މިރޭ ބަޔާން ލެވަކޫސަން ކުޅޭ މެޗުގެ ނަތީޖާއަށް އިންތިޒާރު ކުރުމެވެ.
ބަޔާން ލެވަކޫސަން އިން ކުޅުނު މެޗުގައި މިރޭ އެސްސީ ފްރެއިބާގް ކައިރިން އެއްވަރުވީ 2-2 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު ބަޔާނަށް ވަނީ ލީގު ޔަގީންވެފައެވެ. އެއީ 32 މެޗުން 76 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮތް ލެވަކޫސަންއަށް 32 މެޗުން ލިބިފައި ވަނީ 68 ޕޮއިންޓެވެ. ދެން ލީގުގައި ދެޓީމަށްވެސް ބާކީ އޮތީ އެންމެ ދެމެޗެވެ.
ބަޔާންގެ އެ ލީގު ތަށްޓަކީ އުމުރުން 31 އަހަރުގެ ކޭންއަށް މުހިންމު ތަށްޓެކެވެ. މިފަހުގެ ތާރީހުގައި ފެނުނު އިންޑިވިޖުއަލް އެންމެ މޮޅު އެއް ފޯވަޑް ކޭންއަށް މިރެޔާ ހަމައަށް ކެރިއަރުގައި ތަށްޓެއް ހޯދިފައެއް ނުވެއެވެ.
ޓޮޓެންހަމްގެ ޔޫތު ޓީމުން ސީނިއާ ޓީމަށް ނުކުތް ކޭން، އެ ކްލަބުގެ ސީނިއާ ޓީމާއެކު އެންމެ ފުރަތަމަ މެޗެއް ކުޅުނީ 2010 ވަނަ އަހަރުއެވެ. އެ ޓީމުން 2008 ވަނަ އަހަރުގެ ލީގު ކަޕަށްފަހު އަދި ތަށްޓެއް ހޯދިފައި ނުވާ އިރު، ކޭން އެ ކްލަބު ދޫކޮށް ބަޔާނަށް ބަދަލުވީ މިދިޔަ ސީޒަނަށެވެ.
އޭގެ ކުރިން ޓޮޓެންހަމްއާއެކު 435 މެޗުން 280 ގޯލު ޖަހައި ޗެމްޕިއަންސް ލީގު ފައިނަލްވެސް ކުޅުނެވެ. ކޭން ވަނީ އިންގްލެންޑާއެކު 2018 ވަނަ އަހަރު ވޯލްޑް ކަޕްގެ ސެމީއާ ހަމައަށް ގޮސް، ޔޫރޯ ފައިނަލުގައި ދެފަހަރަށް ކުޅެފައެވެ. ކޭންއަކީ 2018 ވަނަ އަހަރު ވޯލްޑް ކަޕް ރަން ބޫޓު ހޯދި ކުޅުންތެރިޔާވެސް މެއެވެ.
ޖަރުމަން ބުންޑަސްލީގާ
ޖަރުމަން ބުންޑަސްލީގާ
ޖަރުމަން ބުންޑަސްލީގާ
ޖަރުމަން ބުންޑަސްލީގާ