ކ. މާފުށި ބަނދަރު ފުންކުރުމުގެ މަސައްކަތާއި ޖެޓީގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް އެ މަޝްރޫއުގެ ކޮންޓްރެކްޓަރު އެމްޓީސީސީން މިއަދު ބުނެފިއެވެ.
ޕްލޭނިން މިނިސްޓްރީން، މާފުށީ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 2023 ޖެނުއަރީ 23 ގައެވެ. އެ މަޝްރޫގެ އަގަކީ 82،599،660.39 މިލިޔަން ރުފިޔާއެވެ.
އެ މަޝްރޫއުގެ މަސައްކަތުގެ ތެރެއިން މާފުށި ބަނދަރުގެ އެއްގަމު ވާޓަރުގެ މަސައްކަތް ނިންމާފައިވަނީ މިއަހަރުގެ މާޗް މަހުގެ 23 ގައެވެ. އެ މަސައްކަތް މޮބިލައިޒްކޮށްފައިވަނީ 9 އޭޕްރީލް 2023 ގައެވެ.
އެ މަޝްރޫއުތެރޭ ހިމެނޭ މަސައްކަތްތައް:
- ބަނދަރު ބޭސިން އާއި ޗެނަލް ޑްރެޖިން ކުރުން
- ކުރީގެ ބަނދަރު ބެލެހެއްޓުން
- ޕޭވްމަންޓް ހެދުން
- ބްރޭކްވޯޓާ އެޅުން
- ރިވެޓްމަންޓް ހެދުން
- ކުއޭ ވޯލް އެޅުން
- ބަނދަރު ބައްތި ޖެހުން
- ސްކޯ އޭޕްރަން ހެދުން
- މޫރިން ބޮއި، ރޭމްޕް އަދި ސިޑި، ކަނެކްޓިވިޓީ ބްރިޖާއި ކޮންކްރީޓް ޖެޓީ އެޅުން
ފާތިމަތު ލިއުޝާ
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ