ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މަރުގެ މައްސަލަައިގައި ތުހުމަތުކުރެވޭ މީހުންގެ މައްޗަށް މައްސަލަ ސާބިތު ނުވުމުން ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ވަނީ، ރިލްވާން ގެއްލުވާލި މައްސަލައިގެ ތުހުމަތުވާ މީހުންގެ މައްޗަށް ކުށް ސާބިތު ނުވުމުގެ މައިގަނޑު ސަބަބަކީ މައްސަލައިގެ ކުރީކޮޅު ފުލުހުން އިހުމާލުވެފައިވާތީ ކަމަށާއި އެހެންވެ، ރިލްވާންގެ އާއިލާއިން ރައީސްއާ ބައްދަލުކުރަން އެދިފައިވާ ކަމަށް އޭނާ ބުންޏެވެ. ނަމަވެސް ރައީސް އޮފީހުން އެކަމަށް ޖަވާބެއް ދީފައި ނުވާ ކަމަށާއި އެކަމުގެ ސަބަބު އެހުމުން ރައީސް ވިދާޅުވީ، އެ މަނިކުފާނަށް އެކަން އެނގިވަޑައިގެންފައި ނެތް ކަމަށެވެ.
ރައީސް ވިދާޅުވީ، ރިލްވާންގެ އާއިލާއާ ބައްދަލުކުރައްވާނެ ކަމަށާއި ރިލްވާންގެ މައްސަލަ ނުނިމި އޮތުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށެވެ.
"އޮފް ކޯޒް ވަރަށް ކަންބޮޑުވޭ ތި މައްސަލަ ނުނިމި އޮތީމަ. ހަމަ އިންތިހާއަށް ކަންބޮޑުވޭ ތި މައްސަލަ ނުނިމި އޮތީމަ" ރައީސް ވިދާޅުވިއެވެ.
ރިލްވާން ގެއްލުވައިލައިފައި ވަނީ އޮގަސްޓް، 2014 ގައެވެ. އެންމެ ފަހުން އޭނާ ފެނުނީ ހުޅުމާލެއަށް ދާން ފެރީ ޓާމިނަލަށް ވަންނަނިކޮށެވެ. ވަޅިން ބިރުދައްކައި ގަދަކަމުން ކާރަކަށް އަރުވައިގެން ގެންދިޔައީ ހުޅުމާލޭގައި އޭނާ ދިރިއުޅޭ އެޕާޓްމަންޓް ކުރިމަތިންނެވެ.
ކުރީ ސަރުކާރުން އުފެއްދި މަރު ކޮމިޝަނުން ބުނެފައިވާ ގޮތުގައި ޓެރަރިސްޓު ޖަމާއަތް އައިސިސް އަދި އަލް-ގައިދާ އަށް ނިސްބަތްވާ ދިވެހި ބަޔަކު ރިލްވާން މަރާލުމަށްފަހު ވަނީ ކަނޑު ފައްތައިފައެވެ. ރިލްވާން މަރާލީ އޭނާއަކީ މުރުތައްދެއް ކަމަށް ކަނޑައަޅައި އެ ޖަމާއަތް ތެރޭގައި ހުކުމް ކުރުމަށްފަހު ދީނުގެ ނަމުގައި ކަމަށް ވެސް ރިޔާސީ ކޮމިޝަނުން ބުނެފައިވެއެވެ. ރިލްވާން މަރާލީ ޝަހާދަތުގެ ދެކަލިމަ އޭނާ ކިޔައި ކިޔައި އޮއްވައި ކަމަށް ވެސް އެ ކޮމިޝަނުން ބުނެފައިވެއެވެ.
އަލީ ޔާމިން
އިރާނު-އިޒްރޭލު ހަނގުރާމަ
އިރާނު-އިޒްރޭލު ހަނގުރާމަ
ރިލްވާން މަރުވީތަ
ދިރާސާ - 1 އަހަރު ކުރިން