އަސާސީ ދިހަ ބޭހެއް ފިޔަވައި ހުރިހާ ބޭހެއް އެސްޓީއޯގެ ބޭސްފިހާރަތަކުން މިހާރު ލިބެން ހުންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އާސަންދައިގެ ތެރެއިން އަމިއްލަ ކުންފުނިތަކުން ބޮޑެތި އަދަދުތަކުން ޕްރޮފިޓް ނަގަމުންދިޔަދިއުން ހައްލުކުރުމަށް ބޭހުގެ އަގުތައް ކުޑަކޮށްލާފައިވާ ކަމަށާއި އެކަމުގެ ސަބަބުން ބޭހުގެ ބައެއް ވިޔަފާރިވެރިން ގަސްތުގައި ބޭސް ގެނައުން ހުއްޓާލި ކަމަށެވެ. އަދި އެސްޓީއޯ އިން މިހާރު ވެސް ބޭސް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑުމެން އެއް ކަމަކަށް އެސެންޝަލް މެޑިސިން ލިސްޓުގެ ދިހަ ބޭހެއް ފިޔަވައި ހުރިހާ ބޭހެއް ގެނެސްފިން މިހާރު އެސްޓީއޯ އިން. މިހާރު ހުރިހާ ރަށެއްގައި ހުންނަންވާނެ، އެސްޓީއޯ އިން ދިން މައުލޫމާތު މިއީ. ރަށެއްގައި އެސްޓީއޯގެ ބޭސްފިހާރައެއް ނެތިއްޔާ އަޅުގަނޑު އެދެން އަޅުގަނޑުމެންނަށް އެ މައުލޫމާތު ފޮނުވާލަދިނުން. ހުރިހާ އެސްޓީއޯގެ ބޭސްފިހާރައެއްގައި މިހާރު އީއެމްއެލްގެ ދިހަ މެޑިސިންއެއް ނޫނިއްޔާ ހުންނާނެ. އެ ދިހަ މެޑިސިން ގެނައުމުގެ މަސައްކަތް ވެސް އެބަކުރޭ،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެޕްރޫވްޑް ޑްރަގު ލިސްޓުގައި ހިމެނޭ 1207 ބޭހުގެ ތެރެއިން، ޖެނެރިކް ބޭހުގެ 784 ބޭހެއް ވެސް މިހާރު ލިބެން ހުންނާނެ ކަމަށާއި 308 ބޭހަކަށް އޯޑަރުދީފައިވާ ކަމަށެވެ. އަދި އަނެއް 115 ބޭހުގެ ސަޕްލަޔަރުން ހޯދުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.
އާސަންދައިގެ ތެރެއިން އަމިއްލަ ކުންފުނިތަކުން ބޮޑެތި އަދަދުތަކުން ޕްރޮފިޓް ނަގަމުންދިޔަދިއުން ހައްލުކުރުމަށް ބޭހުގެ އަގުތައް ކުޑަކޮށްލިކޮށްލުމަށް މިހާރު ބަދަލެއް ގެނެސްފައިވާ ކަމަށާއި މިދިޔަ މަހުގެ 20 އިން ފެށިގެން 15 ޕަސަންޓަށް އިތުރުކޮށްދީފައިވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"ކަޓްޑައުންކޮށްލި ވަރަށްވުރެ ރަނގަޅު އެއްޗެއް ލިބޭގޮތް ހަދައިދިނިން، އެންމެ ގިނައިން ގެންނަ 77 ބޭހަކަށް. އެކަން މިކުރީ އެމީހުންނަށް ވެސް އިތުރު ހިތްވަރެއް ދޭން، ބޭސް ގެނައުމުގައި ސްޓޮކް މެއިންޓެއިންކުރަން ބާރު އެޅުމަށްޓަކައި. އެހެންވީމާ އަޅުގަނޑު އުންމީދުކުރަން އެބޭފުޅުން ހިފެހެއްޓުމެއްނެތި ބޭސް ގެންނާނެ ކަމަށް،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު