ދިރާގު ފުވައްމުލަކު ރަން 2025 ފުވައްމުލަކު ސިޓީގައި ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.

މިއީ ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީއެމްއާރްއާރް)ގެ އެޑިޝަނެއް އަތޮޅުތެރޭގައި ބޭއްވި ފުރަތަމަ ފަހަރެވެ.

އިއްޔެ ބޭއްވި އެ ދުވުމަކީ ފުވައްމުލަކު ސިޓީ ކައުންސިލާއި ފުވައްމުލަކު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އަދި ރާއްޖޭގެ އެތްލެޓިކްސް އެސޯސިއޭޝަނާ ގުޅިގެން އިންތިޒާމުކޮށްފައިވާ ދުވުމެކެވެ.

އެ ދުވުމުގެ މަގުސަދަކީ، ފުވައްމުލަކަކީ ދުވުންތެރިންނަށް ހާއްސަ މަންޒިލެއްގެ ގޮތުގައި ޕްރޮމޯޓުކޮށް ދިވެހި ދުވުންތެރިންނަށް އިތުރު ފުރުސަތުތަކެއް ފަހި ކޮށްދިނުމެވެ.

އެ ދުވުމުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން 1112 ދުވުންތެރިން ބައިވެރިވި ކަމަށް ދިރާގުން ބުންޏެވެ. އެ ދުވުމުގައި ހިމެނި ކެޓަގަރީތަކުގެ ތެރޭގައި ފަސް ކިލޯމީޓަރާއި ދިހަ ކިލޯމީޓަރު އަދި ހާފް މެރެތަން ހިމެނެއެވެ.

ދިރާގުން ބުނީ، ޑީއެމްއާރްއާރް އާ އެއްފަދައިން، ދިރާގު ފުވައްމުލައް ރަން ގައި ބައިވެރިވެ އެކިއެކި ވަނަތައް ހޯދި ދުވުންތެރިންނަށް ޖުމުލަ 232،000 ރުފިޔާގެ ފައިސާގެ އިނާމު ދިރާގުން ހަވާލުކޮށްފައިވާ ކަމަށެވެ.

2 މެއި 2025: ދިރާގު ފުވައްމުލައް ރަން 2025 --- ފޮޓޯ. ދިރާގު

ދިރާގު ފުވައްމުލަކު ރަން 2025ގެ ވަނަވަނައަށް ގޮސްފައިވާ ދުވުންތެރިން:

ހާފް މެރަތަން - ފިރިހެން

  • ޝިފާޒު މުޙައްމަދު - ޗެމްޕިއަން
  • ހުސައިން ފަޒީލް - ރަނަރ-އަޕް
  • ކިރަން ސިންގް ބޮގަޓީ - 2 ވަނަ ރަނަރ-އަޕް

ހާފް މެރަތަން - އަންހެން

  • އައިޝަތު ޖިނާނީ އިބްރާހީމް - ޗެމްޕިއަން
  • ޝަޒްނާ މުހައްމަދު - ރަނަރ-އަޕް
  • ހުސްނާ މުހައްމަދު - 2 ވަނަ ރަނަރ-އަޕް

10 ކިލޯމީޓަރު - ފިރިހެން

  • މުހައްމަދު އިރުފާން - ޗެމްޕިއަން
  • މުހައްމަދު ރަޝީދު - ރަނަރ-އަޕް
  • އަބްދުﷲ ރަޝީދު - 2 ވަނަ ރަނަރ-އަޕް

10 ކިލޯމީޓަރު - އަންހެން

  • ނިޒްމީނާ އަހްމަދު - ޗެމްޕިއަން
  • އަނާން އަހްމަދު ރަޝީދު - ރަނަރ-އަޕް
  • އާމިނަތު ނައުފާ ރަޝީދު - 2 ވަނަ ރަނަރ-އަޕް
2 މެއި 2025: ދިރާގު ފުވައްމުލައް ރަން 2025 --- ފޮޓޯ. ދިރާގު

5 ކިލޯމީޓަރު އޯޕަން - ފިރިހެން

  • ސައިން ފަޟީލް - ޗެމްޕިއަން
  • ޔޫސުފް އިބްރާހީމް - ރަނަރ-އަޕް
  • ކިރަން ސިންގް ބޮގަޓީ - 2 ވަނަ ރަނަރ-އަޕް

5 ކިލޯމީޓަރު އޯޕަން - އަންހެން

  • ނިޒްމީނާ އަހްމަދު - ޗެމްޕިއަން
  • ފާތިމަތު ހަސްނާ - ރަނަރ-އަޕް
  • ހުސްނާ މުހައްމަދު - 2 ވަނަ ރަނަރ-އަޕް

5 ކޭ ސްކޫލް 13 އަހަރުން މަތި - ފިރިހެން

  • އަހްމަދު ރޫނީ މުހައްމަދު - ޗެމްޕިއަން
  • އަހްމަދު ޖޫދު މުހައްމަދު - ރަނަރ-އަޕް
  • މުހައްމަދު ޝުއައިބު އަބްދުﷲ - 2 ވަނަ ރަނަރ-އަޕް
2 މެއި 2025: ދިރާގު ފުވައްމުލައް ރަން 2025 --- ފޮޓޯ. ދިރާގު

5 ކިލޯމީޓަރު ސްކޫލް 13 އަހަރުން މަތި - އަންހެން

  • ދުއާ އަހްމަދު ވަސީމް - ޗެމްޕިއަން
  • ނީމް އިބްރާހީމް އަހްސަން - ރަނަރ-އަޕް
  • އާއިޝަތު އަމްޝީ އަހްމަދު - 2 ވަނަ ރަނަރ-އަޕް

5 ކިލޯމީޓަރު ސްކޫލް 13 އަހަރުން ދަށް - ފިރިހެން

  • އާހިލް އިބްރާހީމް މޫސާ - ޗެމްޕިއަން
  • ޔޫސުފް އާކިލް އާމިރު - ރަނަރ-އަޕް
  • މުހައްމަދު އާލް ހަސަން - 2 ވަނަ ރަނަރ-އަޕް

5 ކިލޯމީޓަރު ސްކޫލް 13 އަހަރުން ދަށް - އަންހެން

  • އާމިނަތު ރައޫމް އަހްމަދު ހަބީބު - ޗެމްޕިއަން
  • މަރްޔަމް ޔުއީން އަބްދުﷲ - ރަނަރ-އަޕް
  • އާމިނަތު ޝާޔަން - 2 ވަނަ ރަނަރ-އަޕް
  • 2 މެއި 2025: ދިރާގު ފުވައްމުލައް ރަން 2025 --- ފޮޓޯ. ދިރާގު

'ދިރާގު މޯލްޑިވްސް ރޯޑް ރޭސް' އަކީ ވޯލްޑް އެތުލެޓިކްސް ސާޓިފައިޑް ރޭސް ރޫޓަކާއެކު އެސޯސިއޭޝަން އޮފް އިންޓަރނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް) ވޯލްޑް ރަނިން ކަލަންޑަރުގައި ލިސްޓުކޮށްފައިވާ ރާއްޖޭގެ ފުރަތަމަ އަދި ހަމައެކަނި ބައިނަލްއަގުވާމީ ދުވުމެވެ.

އެ ދުވުން މާލޭގެ އިތުރުން ފުވައްމުލަކުގައި ބާއްވައި، ޑީއެމްއެމްއާރު ފުޅާ ކުރުމަކީ ދުޅަހެޔޮ، ހީވާގި މުޖުތަމައެއް ބިނާކުރުމަށް އަދި ރާއްޖޭގެ ރީތިކަމަށް ދުނިޔޭގެ ސަމާލުކަން ހޯދައި، ލޯކަލް ޓޫރިޒަމް ކުރިއެރުވުމަށް ދިރާގުން އިސްނަގައިގެން ކުރަމުންދާ ބުރަ މަސައްކަތް ދައްކުވައިދޭ ކަމެއް ކަމަށް އެ ކުންފުނިން ބުނެއެވެ.