އެޕަލްއިން އެޕަލް ވޮޗް އެސްއީގެ ތިންވަނަ ޖީލު ނެރުމަށް ތައްޔާރުވަމުންދާ ކަމަށް ވަނީ އިއުލާންކޮށްފައެވެ. މިއީ އެޕަލްގެ އެންޓްރީ ލެވެލް ސްމާޓް ވޮޗެވެ. މި ވޮޗާ ބެހޭ އިތުރު މައުލޫމާތުތަކެއް ވަނީ ހާމަވެފައެވެ.

ޑިސްޕްލޭ އެނަލިސްޓް ރޮސް ޔަންގ ބުނެފައިވާ ގޮތުގައި އެޕަލް ވޮޗް އެސްއީ 3 ގައި ދެ ސައިޒެއްގެ ޑިސްޕްލޭ ހުންނާނެއެވެ. އެއީ 1.6 އިންޗި އަދި 1.8 އިންޗިގެ ޑިސްޕްލޭތަކެކެވެ. މިއީ ކުރީގެ މޮޑެލްތަކަށްވުރެ ބޮޑު ޑިސްޕްލޭތަކެކެވެ. ނަމަވެސް ވޮޗުގެ ސައިޒް 40 އެމްއެމް އަދި 44 އެމްއެމްގައި ހުންނާނެ ކަމަށް ބެލެވެއެވެ.

ގަޑީގެ ޑިޒައިނަށް ކުދިކުދި ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެއެވެ. އެޕަލް ވޮޗް އެސްއީ 3 ނެރުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރުގައެވެ. މި ގަޑިއާއެކު އެޕަލް ވޮޗް ސީރީސް 11 އަދި އެޕަލް ވޮޗް އަލްޓްރާ 3 ވެސް ނެރޭނެއެވެ.

އެޕަލް ވޮޗް އެސްއީ 3 އަކީ އަގުހެޔޮ ގަޑިއެއްގެ ގޮތުގައި ނެރޭ އުފެއްދުމެކެވެ. މިއީ އެޕަލް ވޮޗުގެ އިކޯސިސްޓަމް ތަޖުރިބާކުރަން ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށްގެން ނެރޭ އުފެއްދުމެކެވެ.